ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕް ނުކޮށް މިއަދާ ހަމައަށް މި ސަރުކާރުން 65 މިލިއަން ޑޮލަރު އެސްޑީއެފްއަށް ޖަމާކޮށްފިން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕް ނުކޮށް މިއަދާ ހަމައަށް މި ސަރުކާރުން 65 މިލިއަން ޑޮލަރު ސޮވްރިން ޑެވެލޮޕްމެންޓު ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދަނީ ރެޔާއި ދުވާލު ރައްޔިތުންނާއި އެކީ މަސައްކަތް ކުރައްވަމުން ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރާއި އިގްތިސާދު ހަވާލުވީ އިރު އިގްތިސާދު އޮތީ ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ޔަގީންވާ ހާލަތުގައި ނޫން ކަމަށެވެ. އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށް ރައިސް ވިދާޅުވިއެވެ.

މިސަރުކާރުން އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރަން ފަށައި ފައިސާ ޗާޕް ނުކޮށް ކުރިއަށްދާ ސިޔާސަތުގެ ތެރެއިން އެސްޑީއެފްއަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސަލާމަތް ކުރާ ފައިސާ ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ކުރެވުނު އެކި މަސައްކަތްތަކުން ޖުމްލަ ގޮތެއްގައި 18.6 ބިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށެވެ. އެރުފިޔާގެ ތެރެއިން 16 ބިލިއަން ދައުލަތް ހިންގުމަށްޓަކައި ރިކަރަންޓު ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުުވީ ކުރީ ސަރުކާރުން އެކި ނަންނަމުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިން ގޮތަށް މިސަރުކާރުން އެކަން ނުކުރާނެ ކަމަށާއި އަދި މި ސަރުކާރު އައި ފަހުން އަލަށް ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި އެންމެ ރުފިޔާއެއްވެސް ބަދަލުގޮތުގައި ދީފާ ނުވާކަމަށެވެ.

”އެއީ ސިޔާސީ ބޭނުމުގައި އޭރުގައި ކުރިކަމެއް. އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެއަށްވުރެ ބޮޑަށް ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރ މިއޮތީ. އިގްތިސާދީ ސިޔާދަތު ރަނގަޅުކުރުމަށް އަޅުގަނޑުމެން ބޭނުން އިހްލާސްތެރިކަމާއެކީގައި“

ކުރީ ސަރުކާރގެ 5 އަހަރުގެ ތެރޭގައި އެކިގޮތްގޮތުން ކޯޓަށް ގޮސްގެން، މި ސަރުކާރު އައިފަހުން އަމުރާއި ހުކުމް އައި ކަމަށް ރައީސް ވިދާޅުވިއެވެ. ބޭރުގެ ދަރަނި ދެއްކުމަށްޓަކައި އެންމެ ބޮޑު އެއްޗެއް އެހީ ގޮތުގައި ޗައިނާ އާއި އިންޑިއާއިން އެހީ ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ގައުމުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް ވަރަށް ބޮޑަށް އެހީ ވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ޗައިނާ އާއި އިންޑިއާ ސަރުކާރަށް ދިވެހިރައްޔޮތުންގެ ނަމުގައި ޝުކުރު ދައްނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: