ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ފުޅާކުރަން 9.8 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުދި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ފުޅާކުރަން ކުވައިތު ފަންޑާ އެކު، ތިން މިލިއަން ދީނާރު (9.8 މިލިއަން ޑޮލަރު) ލޯނުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ”ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް“ގެ ލޯނު އެއްބަސްވުމުގައި ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ވަލީދު އަލް ބަހަރް އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ ކުދި ރަށްރަށަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ބޭނުމެއް ކަމަށެވެ.

ހިދުމަތްތައް ފޯރުކޮށްދޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދަން ދަތުރުކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީ އާއި ޓޫރިސްޓުންނަށް ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ފޯރުކޮށްދީ، ދެ ވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި އެ ލޯނުގެ ދަށުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ވުމުން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އެ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އެ ތަންތަން އިމާރާތްކުރުމާއި ހިދުމަތްތަކުގެ އިލެކްޓްރޯ-ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބަލަހައްޓަން ބޭނުންވާ އިންޖީނިއަރިން ހިދުމަތްތައް އަދި މަޝްރޫއު ތަންފީޒުކުރާ ޔުނިޓުތައް ހެދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: