ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްޓަރުންގެ ފިލްމުތައް ސިނަމާތަކުގައި ކާމިޔާބު ނުވިޔަސް، އެމީހުންގެ ޚަރަދުތައް އިތުރުކުރުމުގެ ހިތްވަރު އެބަހުރި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޑައިރެކްޓަރ އަނިލް ޝަރްމާ ވަނީ އެކްޓަރުންގެ އެންޓުރާޖުގެ ޚަރަދުތައް މައްޗަށް ދިއުމާ ގުޅޭގޮތުން ހިނގަމުންދާ ބަހުސްގައި އެމީހުންގެ ޚިޔާލު ފާޅުކުރާ ފިލްމީ ދާއިރާގެ މީހުންގެ ލިސްޓަށް އިތުރުވެފައެވެ.

2023 ވަނަ އަހަރުގެ ބްލޮކްބަސްޓަރ ހިޓް ފިލްމު ”ގަދަރު 2“ ގެ ޑައިރެކްޓަރ ޝަރްމާ ބުނެފައިވަނީ ”އެކްޓަރުންގެ ފިލްމުތައް ސިނަމާތަކުގައި ކާމިޔާބު ނުވަނީސް، އެމީހުންގެ އެންޓުރާޖުގެ ޚަރަދުތައް އިތުރުކުރުމުގެ ހިތްވަރު އެމީހުންނަށް ލިބިފައިވާ ކަމަށެވެ.

”މިހާރު އެކްޓަރުންނަކީ މީހުން އެމީހުން ބަލަން އަންނަވަރުގެ އަގެއް ހުރި ބައެއް ނޫން.“

ޝަރުމާ ފާހަގަކުރައްވާ ގޮތުގައި މިހާރު ވަރަށް މަދު ތަރިންނެއް ތިބީ ”އަގާއި ދައުރު“ ހިފަހައްޓައިގެން މީހުން ސިނަމާއަށް ގެނައުމުގެ ބާރު ލިބިފައިވާ. ދެކުނުގެ ފިލްމު އިންޑަސްޓްރީ މިސާލަކަށް ނަގައި، އެ ސަރަޙައްދުގައި ”4-5 ދުވަސް ކުރިން ޓިކެޓް ހުސްވާ“ ކަމަށް ޝަރުމާ ވިދާޅުވެއެވެ.

”ހިންދީ ފިލްމު އިންޑަސްޓްރީ ދަރުމެންދްރާ އާއި އެހެން ގިނަ ބަޔަކާއެކު ފިލްމު ހަދައި، ހަފްތާއެއް ކުރިން ޓިކެޓް ބުކްވެގެންދިޔަ ދުވަސްވަރު މިހާރު ނެތް. މިހާރު އެކަން ނުހިނގާ.“ އޭނާ އިތުރަށް ވިދާޅުވަނީ، ”މީހުން ތިޔަބައިމީހުން ބަލަން ސިނަމާއަކަށް ނާދޭ. އޯޓީޓީގައި މަޖުބޫރުވެގެން ތިޔަބައިމީހުން ބަލަނީ، އެވެސް 25 ފިލްމުގެ ތެރެއިން 2 ފިލްމު ބެލިއްޔާ ބެލުނީ. ތިޔަބައިމީހުންގެ ފިލްމު ފްލޮޕްވީތޯ ނުވަތަ ހިޓްވީތޯވެސް ނޭނގޭ. ތިޔަބައިމީހުން އަމިއްލައަށް އެއަށް މާކެއް ޖަހާފައި އަމިއްލަ ދުނިޔޭގައި އުޅެނީ.“

މީގެ އިތުރުން، ޝަރްމާ މިހާރުގެ ޖީލުގެ އެކްޓަރުންނަށް ފާޑުކިޔުމަށް ފަސްޖެހުމެއް ނެތި، ސިނަމާ ސިނާއަތުގެ ފެންވަރު ދަށްވަމުންދާ ކަމަށް ފާހަގަކުރިއެވެ.

އޭނާ ބުނާ ގޮތުގައި ”މިހާރުގެ އެކްޓަރުން މަސައްކަތް ކުރަނީ ހަމައެކަނި ސޯޝަލް މީޑިއާއަށް“. ”އެމީހުން އާމްދަނީ ހޯދަނީ އިންސްޓަގްރާމުން ނުވަތަ އިޝްތިހާރުތަކުން، ސިނަމާއިން އެމީހުންނަކަށް އެއްޗެއް ނުލިބޭ އެއީ މީހުން އެމީހުން ބަލަން ނާންނާތީ. މިއީ ހިތި ޙަޤީޤަތް،“ އޭނާ ބުނެފައިވެއެވެ. އަދި އިތުރަށް ބުނެފައިވަނީ، ”މުންބާއީގައި ތިބި 3-4 ބަޠަލުން ފިޔަވައި، އެހެން އެއްވެސް މީހަކަށް ހޮނިހިރު ނުވަތަ އާދީއްތަ ދުވަހުވެސް ފުލް ހައުސްއެއް ނުލިބޭ،“ ކަމަށެވެ.

ބޮލީވުޑް އިންޑަސްޓްރީގައި އޭނާ ދެކޭ މުހިންމު މައްސަލައެއް ފާހަގަކުރެއެވެ: އެއީ ބައެއް ފިލްމު ހަދާ ފަރާތްތަކުން މުހިންމު މަޢުލޫމާތު ހިމެނޭ ކޮންޓެންޓް މަދުވުމެވެ. އޭނާ ބުނަނީ، ”ކޮންޓެންޓަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

އަހަރެންނަށް ހީވަނީ ގިނަ ޑައިރެކްޓަރުންނާއި، ލިޔުންތެރިންނާއި، އެކްޓަރުންނަށް ވެސް ވަރުސޯވާއާއި ބާންދްރާއިން އެހެން ދުނިޔެއެއް ނުފެނޭހެންނެވެ. އެހެންކަމުން، އިންޑިޔާގައި ކޮން ބާވަތެއްގެ ކޮންޓެންޓެއްތޯ މަޤްބޫލުވަނީ އެމީހުންނަކަށް ނޭނގެއެވެ.“ އަދި އޭނާ އިތުރުކޮށް ބުނަނީ، ”ކޮންޓެންޓްގެ ނަމުގައި އެމީހުންނަށް ހަމައެކަނި އެނގިފައިވަނީ އާރބަން އަދި އޯޓީޓީ އަށް ކޮންކަހަލަ އެއްޗެއްތޯ ރަނގަޅުވާނީ. އެމީހުންގެ ވިސްނުން ހުންނަނީ އެހިސާބަށް ހަނިކޮށް ކަމުން، އެފަދަ ކޮންޓެންޓް އެކަނި އެމީހުން އުފައްދަނީ.“ ޝަރުމާ ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: