ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ މަޖިލީހަށް ގިނަ އަންހެނުން އިންތިހާބުވުން ކުރިއެރުމެއް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލީހަށް ގިނަ އަންހެނުން އިންތިހާބު ވެގެން ދިއުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބަށް ފަހު، މަގާމުތަކަށް އިންތިހާބުވީ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކުރެއްވި ޕޯސްޓްގައި ފައްޔާޒް ވަނީ، އިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންނާއި ވޯޓު ދެއްވި ޕާޓީގެ ހުރިހާ މެމްބަރުންނާއި އިންތިހާބުގެ ކަންކަން ވަރަށް ފުރިހަމަ އަށް އިންތިޒާމުކޮށް ކުރިއަށް ގެންގޮސް ދެއްވި އޮފިޝަލުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފައްޔާޒް ވިދާޅުވީ ގައުމީ މަޖިލިހަށް ގިނަ އަންހެން ކެންޑިޑޭޓުންތަކެއް އިންތިހާބުވުމަކީ ޕާޓީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށެވެ.

އަންހެނުން އިންތިހާބުވީ މަގާމުތަކުގެ ތެރޭގައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސަކަށް އިންތިހާބުވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނެއެވެ. މައްޗަންގޮޅި މެދު ދާއިރާގެ ރައީސް ކަމަށް ހަދީޖާ މުހައްމަދުއާއި މާފަންނު އުތުރު ދާއިރާގެ ރައީސަކަށް އިފްހާމް ހުސެއިންއާއި ހުޅުމާލެ އުތުރު ދާއިރާގެ ރައީސަކަށް ފާތުމަތު ޒަހިއްޔާ އަދި ހުޅުމާލެ މެދު ދާއިރާގެ ރައީސަކަށް ސަފާތު އަހުމަދު ޒާހިރު އިންތިހާބުވިއެވެ.

އެމްޑީޕީއިން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ޕާޓީގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: