ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ބިލު ބޮޑު އެޕާޓްމެންޓުތަކަށް އެނާޖީ އޮޑިޓެއް ހަދަން ސްޓެލްކޯގެ ޓީމެއް ފޮނުވާނަން: ފަހުމީ

 ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓު ބިލު ބޮޑު އެޕާޓްމެންޓުތަކަށް އެނާޖީ އޮޑިޓެއް ހަދަން ސްޓެލްކޯގެ ޓީމެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ މިދިޔި މަހަށްވުރެ މިމަހު 94 އިންސައްތަ ކަރަންޓު ބިލު ކުޑަ ކަމަށާއި ނަމަވެސް މާލެ ސަރަހައްދަށް ބަލާއިރު 6 އިންސައްތަ ބިލު ބޮޑު ކަމަށެވެ. އަދި އެއީ ސްޓެލްކޯއަށްވެސް އޭގެ އެކްސްޕްލެނޭޝަނެއް ބޭނުންވާ ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ހުޅުމާލޭގެ އަދަދަށް ބަލާއިރު 15 އިންސައްތަ ބިލު ބޮޑު ކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ބިލު ބޮޑުވުމުގެ ސަބަބުން އެ އެޕާޓުމެންޓުތަކަށް ސްޓެލްކޯގެ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށާއި އަދި އެނާޖީ އޮޑިޓެއް ކުރައްވާނެ ކަމަށެވެ. ސްޓެލްކޯގެ ޓީމެއް ފޮނުވައި އެ ތަންތަނުގެ ހާލަތު ބަލައި، ބޭނުންކުރާ ކަރަންޓު ސާމާނުތައް ބަލާނެ ކަަމަށާއި އަދި އެތަނުގެ އިންސިއުލޭޝަން ހުރިގޮތް ބަލާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެކަންކަން ބެލުމަށްފަހު ކަސްޓަމަރުންނަށް ދޭން ޖެހޭ މައުލޫމާތުތައް ދެއްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ފަރާތުން މައުލޫމާތު ދެއްވަމުން ސީޓީއޯ އިގްބާލް ވިދާޅުވީ ކޮންމެ އަހަރަކުވެސް ބިލު ބޮޑު ވުމުގެ ޝަކުވާ އަންނަކަމަށާއި އެހެންނަމަވެސް މިއަހަރު ފާހަހަކުރެވުނީ ޝަކުވާތައް ތަންކޮޅެއް ދިގުދެމިގެން ދިޔަ ކަމަށެވެ.

”އަޅުގަނޑުމެންގެ ސްޓެޓީސިޓްކްސް އިން އެމްޑީ އެ ވިދާޅުވީ ދަށްވި ވަރާއި ދަށްވި ޕަސެންޓޭޖް. އެހެންނަމަވެސް އެބަ އިނގޭ އޭގެ ތެރޭގައިވެސް އެބަ އުޅޭކަން ދަށް ނުވާ އިންތިހާއަށް ބޮޑުވެފައި ހުރި ތަންތަން. އަދި މިހާރު މާގާތުން އަޅުގަނޑުމެން ކަސްޓަމަރުންނާއި އެކު މަސައްކަތް ކޮށް އެކަންތައްތައް ބުނެދިނުން އެއީ އަޅުގަނޑުމެންގެ މަގުސަދަކީ. ހަމަ ޔަގީނުންވެސް ދިވެހިންނަކީ ކަންކަމަށް ވިސްނާ ވާހަކަ ދެކެވި އެކަމުގެ ފެކްޓު ހޯދައި އެކަމަށް އެންމެ ރަނގަޅަށް ރިއެކްޓުކުރާ ބައެއް. އެހެންކަމުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ބިލު ބޮޑުވެފައިހުރި ކަސްޓަމަރުންނަށް އަޅުގަނޑުމެން ބައްދަލުކޮށް އެބޭފުޅުންގެ ކޮންސާންތައް ބަލައި އެބޭފުޅުންނަށް ދިމާވެފައިވާ ކަންކަން ކިޔައިދޭނަން“

މީގެއިތުރުން ސްޓެލްކޯގެ ފަރާތުން ބުނެފައިވަނީ ސްޓެލްކޯއަށް 75 އަހަރު ފުރިފައިވާއިރު ކުންފުނީގެ ބިލިންގ އިންޓަރ ގްރިޓީއަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ފަހުމީ ވަނީ ސިސްޓަމް ހިނގާގޮތް ބައްލަލާލެއްވުމަށް މުވައްސަސާތަކަށް ދައުވަތުވެސް އަރުވާފައެވެ. އަދި ފަހުމީ ވިދާޅުވީ އެއްވެސް ޑާޓާ ބޭސް އެއް ދެވެން ނޯންނާނެ ކަމަށާއ އެއީ ރައްޔިތުންގެ ޒާތީ މައުލޫމާތު އޭގައި ހިމެނޭތީ ކަމަށެވެ.

ފަހުމީ ވިދާޅުވީ ސިސްޓަމް ހިނގާގޮތް ވަރަށް ސާފުކޮށް ދައްކަވާނެ ކަމަށާއި، އޭގެތެރޭގައި ބުލުކުރާނެ ގޮތާއި، ބިލް ހަދާ ގޮތާއި އަދި ބިލިންގ ހިސްޓްރީ އާއި އަދި ސިސްޓަމް ހިނގާގޮތްވެސް ކިޔާދެއްވާނެ ކަމަށެވެ. އެހެންކަމުން ބިލު ހެދުމުގައި ސްޓެލްކޯގެ އެއްވެސް މަކަރުވެރިކަމެއް ނޯންނާނެ ކަމަށާއި އަދި ބިލު ކުރުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: