ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭއިން 391،957 ބާ ބެންކް ނޫޓް ނައްތާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު 391،957 ބާ ބެންކް ނޫޓް ނައްތާލާފައިވާކަމަށް އެމްއެމްއޭއިން ރިޕޯޓްކޮށްފައެވެ.

އެމްއެމްއޭއިން ބުނެފައިވަނީ އެ އޮތޯރިޓީއިން މިދިޔަ އަހަރުވަނީ 391،957 ބެންކް ނޯޓް ނައްތާލާފައި ކަމަށެވެ. އެއީ 22.9 މިލިއަން ރުފިޔާގެ ފައިސާ ކަމަށެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތަކަށް ބަލާއިރު ބޭންކުން އެންމެ ގިނައިން ނައްތާލާފައިވަނީ 20 ރުފިޔާގެ ނޫޓެވެ. އެމްއެމްއޭއިން ނައްތާލި ނޫޓްތަކުގެ 39.9 އިންސައްތަ ތެރޭގައި ހިމެނީ 20 ރުފިޔާއެވެ.

އެމްއެމްއޭއިން ހަލާކުވެގެން އާއްމުން ގެންނަ ނޫޓުތައް ވަކި އުސޫލެއް ދަށުން ބަދަލުކޮށްދެއެވެ. އެމްއެމްއޭއިން ބުނެފައިވަނީ ބަދަލުކުރުމަށް ލިބުނު ފައިސާގެ އަދަދު 2022 ވަނަ އަހަރާއި އަޅާ ބަލާއި 16.3 އިންސައްތަ ދަށް ކަަމަށެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ރުފިޔާގެ ނޫޓުތަކަކީ ޒަމާނީ ގިނަ ބަދަލުތަކަކާއެކު 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ. މި ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: