ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ފަށައިފި: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ބޭންކެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު ކުރިއަށްދާ ”މޯލްޑިވްސް-ސެޗުއަން ޓްރޭޑް އެންޑް އިންވެސްޓްމެންޓް ކޯޕަރޭޝަން ކޮންފަރެންސް“ ފައްޓަވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޗައިނާގެ ބޭންކެއް ހުޅުވުމަށްޓަކައި ވަރަށް މުހިއްމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭންކެއް ހުޅުވުމުގެ އިތުރުން ޗައިނާއާ އެކު ހަދާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ތެރެއިން ގައުމަކަށް ހޯދޭނެ ހުރިހާ ފައިދާއެއް ރާއްޖެއަށް ލިބޭނެއެވެ. ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލު ކުރަނީ އަންނަ މަހުން ފެށިގެންނެވެ. މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ ގާނޫނުތައް ވެސް ހަދާފައިވާ ކަމަށެވެ.

ފްރީ ޓްރޭޑްގެ ތެރެއިން މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ރުފިޔާ އާއި ޗައިނާގެ ޔުއާން ހިމެނޭ ”ލޯކަލް ކަރެންސީ ސެޓުލްމެންޓެއް” ހެދުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާ ބޭނުންކޮށްގެން ޗައިނާ އިން ތަކެތި ގެނެވޭނެއެވެ.

މި ކޮންފަރެންސްގައި ޝިޖުއަން ޕްރޮވިންސް އާއި ރާއްޖޭގެ 100 އަށް ވުރެ މީހުން ބައިވެރިވެ އެވެ. އެއް ދުވަހަށް ކުރިއަށް ގެންދާ ކޮންފަރެންސްގެ ބޭނުމަކީ، ރާއްޖެ އާއި ޗައިނާގެ ކުންފުނިތަކުގެ ވިޔަފާރި ގުޅުންތައް އިތުރުކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކާ ގުޅޭ މައުލޫމާތުތައް ޗައިނާގެ ކުންފުނިތަކަށް ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: