ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފްކޯއާއި، ޕޮލްކޯއަށް ފްލެޓުތައް ނިންމަން މިލިއަނުން ފައިސާ ދިންގޮތް ބަދަލީ!

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓުތައް ނިންމަން ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އާއި ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ދޫކުރި ލޯނުތަކުގެ ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ފޮނުވާފައިވާ ސިޓީ ދިރާސާ ކުރުމުގެ ގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސިފްކޯއަށް ދޫކޮށްފައިވާ 834 މިލިއަން ރުފިޔާގެ ތަފްސީލު ހޯދުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް އެވެ. ނާޒިމްގެ ހުށަހެޅުމުގައި ވަކިވަކީން ދޫކޮށްފައިވާ ލޯނުތަކަކީ ކޮބައިކަމާއި، އެއީ ކޮން ބަޔަކަށް ދޫކުރި ލޯނުތަކެއްކަން ހޯދަން ވެސް އެދުނެވެ.

ސިފްކޯގެ ފައިސާގެ އަދަދު އެނގުނު ނަމަވެސް، ފުލުހުންގެ ފްލެޓުތައް ނިންމުމަށް ޕޮލްކޯއަށް އެންމެ ފަހުން ދޫކުރި ލޯނުގެ ތަފްސީލު އެނގެން ނެތެވެ. އެކަމަކު ޕޮލްކޯއަށް ކުރިން 700 މިލިއަން ރުފިޔާ ދޫކުރިކަން ބައެއް ލިޔެކިއުންތަކުން ފެންނަން ހުރިކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން މުޅި ޖުމްލަ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ނާޒިމް ލަފާކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ އާންމު އަގަށް ވުރެ ބޮޑު އަގެއްގައި ފްލެޓު ހަދައި ނިންމި އިރު، އެކި ފަހަރު މަތީން ލޯނުތައް ދޫކޮށްގެން މަސައްކަތް ނުނިމި އަހަރުތަކެއް ދިގުލައިގެން ދިޔަކަމަށެވެ.

ނާޒިމްގެ ހުށަހެޅުމާއި އެއްގޮތަށް މާލިއްޔަތު ކޮމިޓީން މިއަދު ވަނީ އެ ލޯނުގެ ޖުމްލަ އަދަދު ހިމެނޭ ގޮތަށް އަލުން ފޮނުވަން ފާސްކޮށްފަ އެވެ.

ނާޒިމް ވިދާޅުވީ ޕޮލިސް ފްލެޓުތައް ނިންމަން ލޯނުތައް ދޫކޮށްފައިވާކަމަށާއި އެހެން ނަމަވެސް ދީފައިވާ މުއްދަތަކަށް މަސައްކަތް ނިންމާނުލެވުނު ކަމަށެވެ. އަދި މިދިޔަ އަހަރު ސަރުކާރުން ބިޑަށް ލައިގެން މަސއްކަތް ނިންމިއިރު އާންމުކޮށް ހައުސިންގެ ޕްރޮޖެކްޓުތަކަށް ހަރަދު ދާވަރަށް ވުރެ ބޮޑު އަދަދެއް ޕޮލިސް ފްލެޓުތަކަށް ގޮސްފައިވާކަން އެނގޭކަމަށް ނާޒިމް ވިދާޅުވި އެވެ.

ސިފައިންގެ ފްލެޓްތައް އެޅުމަށް ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އާއި 2013 ވަނަ އަހަރު ހަވާލުކުރެވިފައިވާއިރު ފުލުހުންގެ ފްލެޓްތައް އެޅުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ހަވާލުކޮށް އިމާރާތްކުރަން ފެށިފައިވަނީ 2012 ވަނަ އަހަރުއެވެ.

ސިފްކޯ އަދި ޕޮލްކޯ މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން އެ ފަރާތްތަކުގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުންގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެން ތަރައްގީކުރަމުންދާ ތަނެއްކަން ފާހަގަކުރެވޭއިރު މިއަދާ ހަމައަށް މި ފްލެޓްތަކުގެ މަސައްކަތް ނިމިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން މިމިސައްކަތް ނިންމުމަށް ހަވާލުކުރެވުނު ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓް އިން ވަނީ މަސައްކަތުގެ ބޮޑުބައި ނިންމާފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ކޮވިޑު 19 ގެ ސަބަބުން އެ ކުންފުނިން ވެސް ވަނީ މަސައްކަތް ހުއްޓާލާފައެވެ.

ފުލުހުންނާއި ސިފައިންފެ ފްލެޓުތަކުގެ މަސައްކަތް، އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް ބޮޑު އަގެއްގައި ތަން ނިންމާލަން 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި އެވެ. އަދި ފްލެޓުތަކަށް ފައިސާ ދެއްކުމަށް ފަހު އާއިލާތަކުން ތަނަށް ދިރިއުޅުން ބަދަލު ކުރީ ދާދިފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: