ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެހި ފޮތުގައި ހިޔަލުގައި 16 އަހަރު؛ ގާނޫނު ތަންފީޒު ނުކުރެވި އޮތް މާޒީއެއް!

ގާނޫނުއަސާސީ---- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެ ފޮތެއްގެ ކުލައަށް އަންނަމުން އައި ބަދަލުތަކާއި އެކު ލިބެމުން ދިޔަ ބާރުތަކާއި ފުޅާވެގެން ދިޔަ ހައްގުތަކާއި މިނިވަން ކަމާއެކުވެސް މިއަދު އެ މިނިވަންކަން އިހުސާސް ނުކުރެވޭ އަތައް ބަޔަކު އެބަތިއްބެވެ. އާދެ 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މި ގައުމަށް ލިބިނު އެންމެ ބޮޑު ރައުސްމާލަކީ އަމަލު ކުރަމުން މިދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއެވެ. ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށުމަށް ފަހު ބާރުތައް ވަކި ކުރެވިގެން ދިޔަ އެވެ. އޭގެ ތެރޭގައި ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ވަކި ވެގެން ދިޔައެވެ.

ގާނޫނުއަސާސީގެ 4 ވަނަ މާއްދާ ބުނާގޮތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. ރައްޔިތުންގެ މިނިވަންކަން ފެށޭ ހިސާބާއި އަދި ނިމޭ ހިސާބުވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު އިއްޔެވެސް އަދި މިއަދުވެސް ދެކެވެނީ ކަންތައްތަކެއް ތަންފީޒު ނުކުރެވޭ ވާހަކައެވެ.

ކަޅާއި ހުދުން ލިޔެވި އަމަލު ކުރުމަށް 2008 ވަނަ އަހަރު ލިބުނު ފެހި ފޮތުން އެތައް ކަންކަން ހާސިލު ކުރެވިގެން ދިޔަނަމަވެސް މިއަދު ކުރެވެނީ އޭގާއި ބަޔާންކުރާ އެތައް ގާނޫނެއް ތަންފީޒު ނުކުރެވޭ ކަމުގެ އިހުސާސް އެވެ. ލިބުނީ ބާރުގަދަ ވަރުގަދަ އެއްޗެއް ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފެހި ފޮތުގައި ހިޔާކަށް އެންމެނަށް ނިލުބުން ކަމަށް ބުނެވިދާނެ އެވެ. އަދި އެކި މީހުންނަށް އެކި ވަރަށް ގާނޫނު ހިނގުމަކީ މިއަދު ގާބޫލު ކުރާ އެއް ހަގީގެތެވެ. ހަމުގެ ކުލައަކަށް ނުވަތަ ހުރި މަގާމަކަށް ނުބަލާ ގާނޫނުއަސާސީން އެންމެނަށްވެސް ކަށަވަރުކޮށްދޭ އެތައް ހައްގެއް މިއަދު ކަށަވަރު ނުވެ އޮތުމަކީ ގާނޫނު ތަންފީޒުނުކުރެވުން ނޫންތޯ އެވެ.

މޮޑޭ ފުށްގަނޑެއްގެ ސިފައިގައި ބޭނުން ބަދަލެއް ގާނޫނުއަސާސީއަށް ގެންނަންވެސ ްބަޔަކު މަސައްކަތް ކުރިއެވެ. ގާނޫނުއަސާސިއަށް 16 އަހަރު ފުރި 17 ވަނަ އަހަރަށް ދަތުރު ފަށާއިރު މާޒީގައި މި ދުވަސް ހަނދާނަން ގެނެސްލާނަމެވެ. 2008 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ކުރައްވާ އެދުވަހު ލިބުނު އުފަލަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް އެންމެ އިސްކޮށްގެން، ދުނިޔޭގެ އެންމެ ޒަމާނީ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެން ދައުލަތް ހިންގުމަށް މުޅިން އާ ބާބެއް އުފަންކުރުމަށް ކުރި މަސައްކަތެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނައިރު އަދި ރައްޔިތުންގެ ކިބައިގައި މިބާރުތައް ދެމި އޮންނައިރު ރައްޔިތުންގެ ބައިވެރިވުން އޮތީ ކިހާ މިންގަނޑަކަށްތޯ މިއީ އުފެދޭ ސުވާލެވެ. އެކަމެއްގެ ހައްލު ފެންނަން އޮތް ގާނޫނުއަސާސީ އަކީ މިއަދު މިގައުމުގެ އެންމެ މަދަދުގާރު ކަމުގައި ވާއިރު އެ ފޮތުގައި ބަޔާންކުރާ އެތައް އެތައް މުވައްސަސާއެއް އޮތީ ނުކުޅެދިފަ އެވެ. އުފެދޭ ސުވާލަކީ 16 އަހަރު ފަހުންވެސް ހައްގުތަކަށް ވަކާލާތު ކުރުމަށް ރައްޔިތުން ދައުލަތުގެ އެކި މުވައްސަސާތަކުގެ ދޮރުގައި ޓަކި ޖަހަން ޖެހުން ނިމުމަކަށް އަންނާނީ ކޮން ދުވަހަކުންތޯ؟ ގާނޫނު ތަންފީޒު ކުރުމަށް ގޮވާލައި އިރު އެކަން ހަގީގީ މާނައިގައި ކުރެވި ގާނޫނުއަސާސީން ލިބިދޭ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނީ އަދި ކިތައް އަހަރު ފަހުންތޯ؟

ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވި ފަދައިން ދައުލަތުގެ ތިން ބާރު ވެސް ގާނޫނުއަސާސީގައި ބަޔާން ކުރާ އުސޫލުތަކަށް ތަބައަވުމާއި އެކު އެ އުސޫލުތަކަށް ބަނދެވި އެ އުސޫލުތަކުގެ މަތިން އަމަލު ކުރުމަކީ މުހިންމު ކަމެކެވެ. ތިންބާރު ވަކި ކުރެވިފައިވާ އިރު ކޮންމެ ބާރެއް ވެސް ގާބިލުކަމާއި ނަޒާކަތްތެރިކަމާއި އެކު ގާނޫނީ ހުދޫދުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރަންޖެހެ އެވެ.

ގާނޫނުއަސާސީ ފެއިލްވި ކަމަށް ބަޔަކު ގަބޫލު ނުކުރާންވީ އެއްސަބަބަކީ އޭގައިވާ އެތައް ކަމެއް ތަންފީޒު ނުކުރެވުމެވެ. ލިބިފައިވާ އެންމެ އަގުބޮޑު ހަދިޔާގެ ބޭނުން ނުހިފައި މިއަދު މިދާ މިސްރާބު ފެންނަނީ ވަރަށްވެސް ކިލަނބުކޮށެވެ. ފޮތުގެ ކުލަވެސް ބަދަލުވެ، ގާނޫނުތައްވެސް ފުޅާކުރެވި އާ އުސްމިންތަކަކަށް ކުރަން ހިތުލި ދަތުރުގައި މިއަދު ލިބުނު މާބޮޑު ކުރިއެރުމެއްނެތެވެ. ބިޔަ ރާޅުތަކުން ސަލާމަތް ވުމަށް ކުރަންވެސް މިއަދު ޖެހިފައި އޮތް ކަމަކީ ގާނޫނުތައް ތަންފީޒުކޮށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް އެ ލިބެންޖެހޭ ބަޔަކަށް ލިބުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: