ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދާއި މެދުރާއްޖެތެރެއިން މަސް ގަތުމަށް މިފްކޯގެ ބޯޓުތައް ހަރަކާތްތެރިވަނީ

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދާއި މެދުރާއްޖެތެރެއިން މަސް ގަތުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ބޯޓުތައް މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މިފްކޯއިން މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވެފައިވާތީ، މިފްކޯގެ ”ރަންދީ 20“ މިވަގުތު އެ ސަރަހައްދުން މަސް ގަންނަމުންދެއެވެ.

މީގެއިތުރުން، ލ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ސަރަހައްދުގައި މަސްވެރިކަން މެދުމިންވަރަކަށް ރަނގަޅުކަމަށް ފާހަގަކުރައްވައި، އެ ސަރަހައްދުން މަސް ގަތުމަށް މިއަދު ”މަހާ ކަލަމިންޖާ“ ބޯޓު ފޮނުވާނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

އަދި މިވަގުތުވެސް މިފްކޯގެ އަނެއް ބޯޓު ”ރަންދީ 23“ މީމު އަތޮޅުން މަސް ގަންނަމުންދާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މިފްކޯގެ މި ހަރަކާތްތަކުން ދިވެހި މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ލިބި، އެ ފަރާތްތަކުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށްވެސް ކުރިއެރުން ލިބިގެންދާނެއެވެ.

މިފްކޯ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މީގެ ކުރިން ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެއާއެކު މިފްކޯ ”ރައިޓް ސައިިޒް“ކޮށް މިފްކޯގެ ވަސީލަތްތައް ވީހާވެސް ބޭނުންތެރި، މަސްވެރިންނަށް އެންމެ ފައިދާކުރަނިވި ގޮތަށް ބޭނުން ކުރުމަށް މިފްކޯއިން މަސައްކަތް ފަށާފައިވާކަމަށް މިފްކޯއިންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: