ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޒުވާނުންގެ ބަސް ހޯދުމަށް، ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހޮށްފި

އަލަށް އިފްތިތާހު ކުރި ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުންނާއި ރައީސް-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އުފެއްދެވި ”ދިވެހި ޒުވާނުންގެ ގައުމީ ލަފާ ދޭ ކޮމިޓީ“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފި އެވެ.

މިއަދު އިފްތިތާހު ކުރި މި ކޮމިޓީގެ މަގްސަދަކީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޒުވާނުންގެ ބަސް ހޯދައި، މަޝްވަރާ ކުރުމެވެ. އަދި ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުން ބޭނުންވާ ގޮތަކީ ކޮބައިކަން ދެނެގަނެ، ކުރިޔަށް ދާނެ ގޮތަކާއި ބެހޭ ލަފާ ރައީސް ޑރ. މުއިއްޒަށް އެރުވުމެވެ. މި ކޮމިޓީން ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ލަފާއަރުވާނެ އެވެ.

ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމައި، ޒުވާނުންނަށް އަބަދުވެސް ގައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ ކޮމިޓީއެއް އެކުލަވާމުގެ މަގްސަދަކީ ވެސް އެއީކަން ފާހަގަކުރެއްވި އެވެ.

”ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް“ ބޯޑު ގައި 15 ޒުވާނުން ތިބޭނެ އެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.

މި ބޯޑަކީ ރައީސަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: