ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތުތަކުގެ މައްޗަށް ޒުވާނުންގެ ބަސް އިއްވުމަށް އެއްވެސް ލިމިޓެއް ނެތް، އެ ފުރުސަތު ދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ހިންގުމާއި ބެހޭ ސިޔާސަތުތަކާއި ގުޅޭގޮތުން ހުރިހާކަމެއްގެ މައްޗަށް ވެސް ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު މި ސަރުކާރުން ދީ، އެ މަޝްވަރާތައް ބަަލައިގަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އުފެއްދެވި ”ދިވެހި ޒުވާނުންގެ ގައުމީ ލަފާ ދޭ ކޮމިޓީ“ ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވެސް ރައީސް ވަނީ ޒުވާނުންގެ އަޑުއަހައި އެ ހިޔާލުތަކާއި އެއްގޮތަށް މަސައްކަތް ކުރައްވާނެކަމަށް ހާމަކުރައްވާފަ އެވެ.

މި ކޮމިޓީ އިފްތިތާހުކޮށްދެއްވައި، ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށެވެ. އެހެންކަމުން ޒުވާނުންގެ ފަރާތުން ގައުމާއި ސަރުކާރު ހިންގުމުގައި ހުރިހާކަމެއް ބައްޓަން ކުރުމުގައި ބަސް ހޯދުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިފަދަ މަސައްކަތެއް ފެށިގެން ދިއުމުން ޒުވާނުންގެ ފަރާތުން އެ ޒުވާނުންގެ ވިސްނުން ހިއްސާކޮށް، ކަންކަމުގައި ފެންނަގޮތް ހިއްސާކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދަޅުވީ މިފަދަ މަސައްކަތެއް ފެށުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ޒުވާނުންނަށް ގައުމުގެ ހަސްގުގައި ބަސް ބުނުމުގައި އެއްވެސް ލިމިޓެއް ނެތްކަމަށާއި، އެ ހިއްސާ ހުރިހާ ގޮތަކުން ހޯދައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ހުރިހާކަމެއްގެ ތެރެއިން، ހިނގާ މަސައްކަތްތަކަށް ޒުވާނުންގެ ބަސް ކޮމިޓީއަށް އެމަނިކުފާނާއި ހަމައަށް ގެނެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: