ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލްޓު ލިސްޓުގައި އޮޅުވާލުމާއި ވައްކަން ބޮޑު، އެކަން އެމްޑީޕީ ވެސް ގަބޫލު ކުރޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ގޯސްތަކެއް ހަދައި، އޮޅުވާލުންތަކެއް ހުރި ލިސްޓަކަށް ފްލެޓު ދޫކުރުމަކީ އިންސާފެއް ނޫންކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، އެމްޑީޕީގެ ވެރިކަމުގެ ގެދޮރުވެރިޔާ ސްކީމްގެ ލިސްޓުތައް ބާތިލު ކުރުމަށްކަމަށް އެމްޑީޕީ ތުހުމަތު ކުރެ އެވެ. އަދި ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ގެޒެޓު ކުރި ލިސްޓާއި އެއްގޮތަށް ފްލެޓު ދޫކޮށްފައި ނުވާތީ އެމްޑީޕީ ވަނީ އެކި ފަހަރު މަތީން ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކޮށްފަ އެވެ.

އެ ޕާޓީން ކެބިނެޓު ވަޒީރުންގެ ތެރެއިން ހައިދަރުއަށް ރުހުން ނުދޭން ނިންމި ސަބަބަކީ ވެސް އެއީ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހައިދަރު ހާޒިރުވުމުގެ ކުރިޔަށް މީގެ ހަފްތާއެއް ކުރިން މަޖިލިސް ކޮމިޓީގައި ވެސް ފްލެޓު މައްސަލައިގައި ވާހަކަ ދެއްކެވި އެވެ. އަދި ވިދާޅުވީ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރިއިރު ގޯތިތައް ދޫކޮށްފައި ހުރީ ކަނޑުންކަމަށެވެ.

އެ ވާހަކަތައް މިއަދު ތަކުރާރު ކުރެއްވުމުން މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް ޖަލްސާ ކުރިޔަށް ގެންދަން އެމްޑީޕީ ހުރަސްއެޅި އެވެ. އަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ތުހުމަތުތަކެއް ސަރުކާރަށް ކުރި އެވެ.

މި ވާހަކަތަކަށް ރައްދު ދީ، ޕީއެންސީ ބޭއްވި ޕްރެސްގައި ޝުޖާއު ވިދާޅުވީ ލިސްޓުގައި އޮޅުވާޅުންތަކެއް ހުރިކަމާއި ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭކަން އެމްޑީޕީ ވެސް ގަބޫލު ކުރާކަމަށެވެ. އަދި ޕާޓީގެ ވެރިންނަށް އެނގޭނެ ވަރުގެ ބޮޑެތި ގޯސްތައް ހުރިއިރު ފްލެޓަށް ކުރިމަތިލެވޭ ޝަރުތުން ވެސް ވައްކަންކޮށްފައިވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝަރުތުގެ ތެރޭގައި މި އޮންނަނީ މާލޭގައި މިވެނި އަހަރެއް ވަންދެން އުޅެފައި ހުރި މީހެއްކަމަށް ވުން.. މި ދަންނަވާ ޝަރުތުތަކުގެ ތެރެއިން މި ހުންނަނީ، އެމްޑީޕީއާއި ގުޅުން ހުރި ކައުންސިލްތަކުން.. އެ ބޭފުޅުން މި ހުންނަނީ ލިއުން ގެނެއްސަ.. މިސާލަކަށް ހުސްނީއަކީ މިވެނި ރަށެއްގެ މީހެކޭ، އެކަމަކު ބަދަލުވެއްޖެއޭ މިވެނި އަހަރެއްގަ.. އެކަމަކު މިއުޅެނީ ރަށުގަ.. ކިހިނެއްތޯ އެކަހަލަ ވައްކަމެއްކޮށްފައި އޮއްވައި ފްލެޓު ދޭނީ..

ޝުޖާއު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކުގައި ވެސް، ފްލެޓު ދޫކުރުމައި ހުރި ބޮޑެތި އޮޅުވާލުންތައް ހާމަވެގެން އައިސްފައިވާކަމަށެވެ. މާލޭގައި ދިރިނޫޅޭ އެތައް ބަޔަކު، މާލޭގައި އުޅޭކަމަށް ދައްކަން ކައުންސިލް މެދުވެރިކޮށް ސިޓީތައް ހޯދާފައިވާއިރު، އެތައް ޒަމާނެއް ވަންދެން ގަނަތެޅުނު މީހުންގެ ހައްގު ކޮބައިތޯ ޝުޖާއު ސުވާލު އުފެއްދެވި އެވެ.

މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ޝަރުތު ހަމަވެ އޮންނަ އުސޫލުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަން އޭސީސީ ވަނީ ހައުސިން މިނިސްޓްރީއަށް ފޮނުވާފަ އެވެ. ފްލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައިވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ. ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

މި މައްސަލަ މިހާރު ލަސްވާ ސަބަބެއްކަމަށް ސަރުކާރުން ބުނެފައި ވަނީ އޭސީސީގެ ތަހުގީގުތައް ކުރިޔަށް ދިއުމާއި، އަދި ޕޯޓަލް އެކްސެސް މިނިސްޓްރީއަށް ނެތުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: