ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަނީ

ހުޅުމާލެ ފޭސް ދޭއް ބްރިޖު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި އޮތް ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީއިން ގުޅިގެން ބޭއްވި ނޫސްވެރި ބައްދަލުވުމުގައި ވާހަކަދައްކަަމުން  ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ޑިވެލޮޕްމަންޓު ޕްލޭންގެ ތެރެއިން 15 ވަރަކަށް ޕާކިން ބިލްޑިންގް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 4،000 ޕާކިން ފުރުސަތު ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެކަމަށް ފަޒުލް ވިދާޅުވިއެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ވިޔަފާރި އުސޫލުންކަމަށް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ގޮތުގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ މަޝްރޫއު އިއުލާން ކުރައްވާނެއެވެ.

މަގުތަކުގެ ތެރޭޣައި ހުންނަ ތަންތަނުން ޕާކިން ބޭނުންވާ މީހުންނަށް ކުލި ދައްކާ ގޮތަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީ އަގު ދައްކާ ގޮތަށާއި އަގަކާއި ނުލައިވެސް، ތަފާތު މޮޑެލްތަކަކަށް ޕާކިން ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ.

މާލެ ސަރަހައްދުގައި އޮތް ޕާކިންގެ މައްސަލައަށް ބވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލު ހޯދުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް ބަޖެޓުގެ ދަތިތަކަމާއި، އަދި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން އެ މަސައްކަތް އޮތީ ނުކުރެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: