ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލާ މީހުންގެ އަދަދު މަދުވަނީ ކީއްވެގެންތޯ ބަލަން ސާވޭއެއް ހަދަނީ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމަށް ސާވޭއެއް ކުރުމަށް ނިންމައިފިއެވެ.

މި ސާވޭ ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިންނެވެ. އިންތިހާބުތަކުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުކަން މީގެ ކުރިންވެސް އީސީއިން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބާއި އަދި މަޖިލީސް އިންތިހާބުގެ އިތުރުން ދާދި ފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައިވެސް ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ. އެގޮތުން ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓުލާން ނިކުތީ އީސީއިން އަންދާޒާ ކުރި ވަރަށްވުރެވެސް ދަށް އަދަދެއްގެ މީހުންނެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބުން ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުންނެވެ. ހާއްސަ ގޮތެއްގައި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި ވޯޓު ލާ މީހުންގެ އަދަދުކަން އީސީއިން ފާހަގަކުރެއެވެ.

މި ސާވޭއާއި ގުޅިގެން މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. މީގެ ތެރެއިން ކުރެވޭނީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަންކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ވޯޓުލާ މީހުންގެ ނިސްބަތް މަދުވެގެންދާ މައްސަލައިގެ ހަގީގަތް ހޯދުމަށްޓަކައި ސާވޭއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، މިކަން ދެނެގަންނަން ބޭނުންވަނީ ސީދާ ރައްޔިތުންގެ ކިބައިންކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ނަމަވެސް މިއީ އެހާ ތަފްސީލް ގޮތެއްގައި ކުރިއަށް ގެންދާ ރިސާޗެއް ނޫންކަމަށާއި، މި ސާވޭއަކީ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދާއި އެއްވަރަށް ވޯޓު ކަރުދާސް ޕްރިންޓު ކުރަން ޖެހޭއިރު، ވޯޓު ލާން ނުނިކުތުމުގެ ސަބަބުން މިހެން ކުރާ ހަރަދުތައް ބޭކާރުވެގެންދާކަންވެސް މީގެ ކުރިން އީސީއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވޯޓް ލާން ދާނީ އުޖޫރަ ދޭނަމަ، އެމީހެއްގެ ވަގުތު ނަގާލާފައި އެހެން ބައެއްގެ މަންފާއަކަށް މަސައްކަތް ނުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: