ލ.ގަމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުުގެ ދަށަށް ގެނެސްފިއެވެ.
މި ތަކެތި ފެނިފައިވަނީ އެރަށުގެ ތުޑީ އަވަށުގައި ހުރި ވިލާގެ ނަމަކަށް ކިޔާ ގެއަކުންނެވެ. އިންޓެލިޖެސް މައުލޫމާތު ތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 16 އޮގަސްޓު 2024 ވަނަ ދުވަހު އެ ގެ ބަލައި ފާސްކުރި ކަމަށެވެ. އެ ގެ ބަލާއި ފާސް ކުރިއިރު، އެ ގޭގައި ބޮގަރު ކެއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ވަނީ ވަނީ ކަށަވަރުކުރެވިފައެވެ.
އަދި އެ ގޭގެ ތެރެއިން 24.42ގ ގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާއި 2 ރުންބަޔާއި 5 ލީޓަރުގެ ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ވަނީ ފެނިފައެވެ. މި މައްސަލައާއި ގުޅިގެން 42 އަހަރު އަދި 57 އަހަރުގެ ދިވެހި 2 ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

