އިންޑިއަން ފިލްމު ފެސްޓިވަލް 2024: އެންމެ މޮޅު ފިލްމްގެ މަގާމް “ ޓުވެލްތު ފެއިލް“ އަށް ލިބިއްޖެއެވެ.
މެލްބަރންގެ އިންޑިއަން ފިލްމް ފެސްޓިވަލް 2024: ވިކްރަންތް މަސީ ލީޑްރޯއިލް ފެނިގެންދާ “ ޓުވެލްތް ފެއިލް“ އަށް ލިބުނީ އެންމެ މޮޅު ފިލްމުގެ މަގާމެވެ.
ކާރތިކް އާރިއަންގެ ”ޗަންދޫ ޗެމްޕިއަން“ ފިލްމަށް ލިބުނީ އައިއެފްއެފްއެމް 2024 ގެ އެންމެ މޮޅު ފިރިހެން އެކްޓަރުގެ މަގާމެވެ. ޑައިރެކްޓަރ ކިރަން ރާއޯގެ ”ލާޕަތާ ލޭޑީސް“ އަށް ލިބުނީ ފާޑުކިޔުންތެރިންގެ ޗޮއިސް އެންމެ މޮޅު ފިލްމުގެ ލަގަބެވެ.
ޝާރުޚް ޚާންގެ ”ޑަންކީ“ އަށް ”އީކުއަލިޓީ އިން ސިނެމާ“ އެވޯޑު ލިބުނުއިރު ތެލުގު އެކްޓަރު ރާމް ޗަރަން އިންޑިއަން އާޓް އެންޑް ކަލްޗަރުގެ އެމްބެސެޑަރުގެ ގޮތުގައި ހޮވިފައިވެއެވެ. އަދި މިއުޒިކް ކޮމްޕޯސަރު އޭ.އާރު. ރަޙްމާނަށް ”އެކްސެލެންސް އިން ސިނެމާ“ އެވޯޑު ވަނީ ލިބިފައެވެ.
އައި.އެފް.އެފް.އެމް 2024 ފެށުނީ އޯގަސްޓް 15 ގައެވެ. އެ މުނާސަބަތުގައި އިންޑިއާގެ ގިނަ ފިލްމުތަކާއި، ވެބް ޝޯތަކާއި، އެކްޓަރުންނާއި، ޑައިރެކްޓަރުން ބައިވެރިވިއެވެ.
އައި.އެފް.އެފް.އެމް 2024 ރަސްމީކޮށް ފެށުނީ ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ. މި ބައްދަލުވުމުގައި ކާރތިކް އާރިޔަން، އިމްތިޔާޒް އަލީ، ކަރަން ޖޯހަރ، ކަބީރު ޚާން، ޝޫޖިތް ސިރްކާރު އަދި އެހެން ބޭފުޅުން ބައިވެރިވިއެވެ. މި ފެސްޓިވަލްގައި އިންޑިއާގެ ފިލްމުތައް ފާހަގަކުރާނީ އޯގަސްޓް 15 އިން އޯގަސްޓް 25 އަށެވެ.
އިންޑިއަން ފިލްމް ފެސްޓިވަލް އޮފް މެލްބޯން 2024 ގެ ވަނަތަށް ލިބުނު ފަރާތްތައް ހުކުރު ދުވަހު އެކްސް (ޓްވިޓަރ) ގައި ވަނީ އިއުލާން ކޮށްފައެވެ.

