ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ޒާހިރުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފި

ރައީސް ސާލިހު އަދި ޒާހިރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ސާލިހު ނިޔާވެފައިވާ ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރުގެ (އޯކޭ ޒާހިރު) އާއިލާއަށް ތައުޒިޔާ ފޮނުއްވައިިިފިއެވެ.

އިގްތިސާދުކުރުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލުކޮށްފައިވާ މަޝްހޫރު ވިޔަފާރިވެފިޔާ ޒާހިރު ނިޔާވުމާއިއެކު ރައީސް ސާލިހުވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުން ތައުޒިޔާގެ މެސެޖެއް ކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ޒާހިރުއަކީ ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތްތަކުގައި ގިނަ ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއްކަމަށެވެ. އަދި އޭނާއަކީ ގިނަ ހިދުމަތްތަކެއްވެސް ގައުމަށް ކޮށްދެއްވާފައިވާ މީހެއްކަމަށާއި ޒާހިރުގެ އާއިލާއަށް އިހުލާސްތެރިކަމާއިއެކު ތައުޒިޔާ ދައްނަވާކަމަށް ހިއްސާކުރެއްވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ އެކްސްގައި ޕޯސްޓެއްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޒާހިރުއަކީ އެމްޑީޕީއަށާއި ރާއްޖޭގެ ޑިމޮކްރެސީއަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވި މީހެއްކަމަށެވެ. އަދި އޭނާ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ދަންނަވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: