ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވުމުން ކުރީގެ ރައީސް ނަސީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުހައްމަދު ޒާހިރަކީ އިސްލާހީ ހަރަކާތް ފުރަތަމަ ފެށިގެން އައުމާއެކު އަބަދުވެސް އެކަމުގައި ބޮޑު ބައިވެރިއެއް ކަމަށެވެ. އަދި މާތް ﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުވާ ދަންނަވައިފައެވެ.
ޒާހިރުއަކީ ބޮޑު ވިޔަފާރިވެރި އެކެވެ. އަދި ރާއްޖޭގައި ޑިމޮކްރެޓިކް ބަދަލުތަކެއް ގެނައުމުގައި ވަރަށް އިސްކޮށް އުޅެއްވެވި ބޭފުޅެކެވެ. އަދި ތިލަފުށީ ކޯޕަރޭޝަނުގެ ބޯޑުގައި މަސައްކަތްވެސް ކޮށްފައިވާއިރު، ފޮނަދޫ ރަށު ކައުންސިލްގެ ރައީސްކަންވެސް ވަނީ ކުރައްވައިފައެވެ.
މީގެ އިތުރުން ރާއްޖޭގައި އިޤްތިސާދީ މަސައްކަތް ކުރިއެރުުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1993 ވަނީ ލިބިފައެވެ.

