ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު 6،500 އަށް އިތުރުވެއްޖެއެވެ.

މިކަން ހާމަވީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުތަކުންނެވެ. މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ މިހާ ހިސާބަށް އައި ފަތުރުވެރިން އަދަދު ވަނީ 10 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާ ހިސާބަށް 1.2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރަށް ކަނޑައަޅާފައިވާ ލަޑުދަޑީގެ 67 އިންސައްތައެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މި ހިނގާ އޮގަސްޓު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 78،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފަތުރުވެރިން ރާއްޖެ އައުމަށްފަހު، ރާއްޖޭގައި ހޭދަ ކުރާ ދުވަސް ވަނީ އިތުރުވެފައެވެ. އެވްރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި 7.8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެއީ އެ މަހު އެވެރެޖްކޮށް ރާއްޖެއަށް 7،400 ފަތުރުވެރިން ޒިޔާރާތް ކުރިއިރު، ޖުމްލަ 217،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

މިވަގުތު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަނީ ޗައިނާއިންނެވެ. ލިސްޓުގެ 6 ވަނައިގައި އޮތް އިންޑިއާގެ މާކެޓަށް ފޯކަސް ދީގެން ފަތުރުވެރިކަމާއި ބެހޭ ޒުވާރާއިން އަންނަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: