ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި މަޝްހޫރު މ. ރަބީއުވިލާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ބޭނުންކުރާ އައްޑާއެއްގެ ގޮތުގައި މަޝްހޫރު މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މީހުން ދިރިނޫޅެ ފަޅަށް ދޫކޮށްފައި ހުންނަ އެ ގެއަށް ގިނަ ދުވަސް ވުމުގެ ސަބަބުން، ވަނީ ހަލާކުވެ ވެއްޓެން ކައިރިވެފަ އެވެ. އެ ގޭގައި މީހުން ދިރިނޫޅެ އަހަރުތަކެއްވެފައިވާއިރު، ތަނުގެ ތެރެއަށް ވަދެ ނިކުމެ އުޅެނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ. އަދި އެ އިމާރާތުގެ ތެރެއިން އިޖްތިމާއީ ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައިސްފައިވެއެވެ.

ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފެށީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުން އައްޑާއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ އިމާރާތްތައް ސާފު ކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ.

ފަސް ފްލޯގެ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީ ފެށިއިރު ރަބީއުވިލާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ވަދެ ނިކުމެ އުޅޭކަމަށް މަޝްހޫރު ތަނެކެވެ. އަދި މިދިޔަ އޭޕްރިލް މަހު އެ އިމާރާތުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، މޭއި މަހުގެ ތެރޭގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެ ކުނިވެފައި އޮއްވާ ފެނުނެވެ.

ރަބީއުވިލާއަކީ ބާވެ އާންމުނަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ 2019 ވަނަ އަހަރު އާންމު ކުރި ލިސްޓުގައި ހިމެނޭ 11 ގެއަކުން އެއް އިމާރާތެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުން، ބާވެ ފަޅަށް ހުރި އިމާރާތްތައް ބޭނުން ކުރަމުން ދާތީ ސަރުކާރުން ދަނީ އެ ގެތަށް ތަޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މާލޭގައި ހިންގާ 50 ޑްރަގް އައްޑާއެއް ފާހަގަކުރެވިފާއިރު އޭގެ ތެރޭގައި ސަރުކާރުގެ ބައެއް މީހާރު ބޭނުން ނުކުރާ އިމާރާތްތައް ހިމެނޭ ކަމަށެވެ.

މި އިމާރާތްތަކުގެ ވީޑީއޯތައް ނަގައި، ފުލުހުން ވަނީ ގެތަކުގެ ހާލަތުގެ އެސެސްމަންޓު ރިޕޯޓެއް ހަދާފަ އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: