ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ނިންމުމާއިމެދު ފައްޔާޒްގެ ކަންބޮޑުވުން!

އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްއިން ގެނެސްފައިވާ ބަދަލުތަކާއި ގުޅިގެން ވިޔަފާރިތަކަށާއި ބޭރުގައި ތިބި ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރުފިޔާ ކާޑުން ޑޮލަރު ދޫކުރުން ހުއްޓާލައި ބޭރު ގައުމުތަކުގައި ކުރެވޭ މުއާމަލާތްތައް ލިމިޓުކުރުމާއިއެކު ފައްޔާޒްވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފައްޔާޒް ވިދާޅުވީ ކުއްލިޔަކަށް އެފަދަ ބޮޑެތި ބަދަލުތައް ގައުމުން އެކަމުގެ ނޭދެވޭ އަސަރުތައް އެކި ފަރާތްތަކަށް ކުރާކަމަށާއި ވިޔަފާރިތަކުގެ އިތުުރުން ދަރިވަރުންނަށްވެސް ދަތިތައް ކުރިމަތިވާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވެބްސައިޓުތަކާއި ސޮފްޓްވެއަރތަކަށް ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ކުރިމަތިވެގެންދާނެކަމެވެ. އެހެންކަމުން މި ނިންމުމުގެ ސަބަބުން ޕްރައިވެޓް ސެކްޓާރއަށް ކުރާނެ އަސަރުތައް ސަރުކާރަށް ފަހުމްވާނެކަމަށް ދެކޭކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އިގްތިސާދާއިމެދު ހާސްކަމެއް ނެތްކަމަށް މީގެ ކުރިން ވިދާޅުވެފައިކަމަށް އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެމަނިކުފާނުވަނީ ޑޮލަރުގެ ކަޅުބާޒާރުގައި އަގުތައް އަރައިގެން ނުދާނެކަމަށް ވިދާޅުވެފައިކަމަށއި، މިފަދަ ގޮތަކަށް ވެގެންދާ ކަންކަމުގެ ސަބަބުން ގައުމުގެ ހުރިހާ ދާއިރާއަކަށްވެސް އެކަމުގެ ލޮޅުންތައް އަންނަކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: