ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަށް ރައްޔިތުން އިތުބާރުކުރޭ، ތާއީދުވެސް އިތުރުވެއްޖެ: ޝަމްއާން

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ރައީސް ޑރ މުހައްމަދު މުއިއްޒު އިންތިހާބުކުރީ އެމަނިކުފާނަކީ ރައްޔިތަކަށް ދެރައެއް ނުދެއްވާނެ ބޭފުޅެއްކަމުގެ ޔަގީކަން އޮތުމުންކަމަށް ކޮންޓްރޯލާރ އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ ހިންގުންތެރިކަން ހުރި ގޮތާއިމެދު އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު ޝަމްއާންވަނީ ރައީސް މުއިއްޒުއަށް ދިވެހިންގެ އިތުބާރު އޮތްކަމަށް ވިދާޅުވެފައެވެ. ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައްޔިތުން ރައީސް މުއިއްޒުއަށް ވޯޓު ދީ އިންތިހާބުކޮށްފައިވަނީ އެމަނިކުފާނަކީ ގައުމު ދެކެ ލޯބިވާ، އެއްވެސް ރައްޔިތަކަށް ދެރައެއް ނުދެއްވާނެ ބޭފުޅެއްކަމުގެ ޔަގީންކަން އޮތުމުންކަމށެވެ.

ޝަމްއާން ވިދާޅުވީ، އޭރާއި މިހާރުވެސް ރައީސް މުއިއްޒު ހުންނެވީ އެއްގޮތެއްގެ މަތީގައިކަމަށާއި ރައްޔިތުންގެ ތެރޭގައި އެމަނިކުފާނަށް އޮންނަ އިތުބާރާއި ތާއީދު އިތުރުވަމުންދާކަމަށެވެ. އަދި ނިމިދިޔަ އިންތިހާބުތަކުގެ ނަތީޖާއިންނާއި ބައެއް މީހުން އެމަނިކުފާނާއި ގުޅޭގޮތުން ފަތުރާ ދޮގުތައް ރައްޔިތުން އިޖާބަ ނުދޭކަމަށްވުމުން އެކަން ސާބިތުވާކަަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައީސް ޑރ މުއިއްޒުއާއިއެކު އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދުގެ މަތިން ރައްޔިތުންނަށް ހިދުމަތްކުރާނެ ވަރުގަދަ ލަޝްކަރެއް އޮތްކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: