ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރާއި ރައްޔިތުން ސަލާމަތްކުރަން ޖެހޭ ކޮންމެ ކަމެއް މަޖިލީހުގައި ކުރުމަށްޓަކައި މެމްބަރުން ހަަމަވާނެ: ފަލާހް

"ހައުސް އޮފް ޕީ.އެން.ސީ" ހޮޅުވުމުގެ ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަ ދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތާއި، ދިވެހި ސަރުކާރާއި ރައްޔިތުން ސަލާމަތްކުރަން ޖެހޭ ކޮންމެ ކަމެއް ރައްޔިތުންގެ މަޖިލީހުގައި ކުރުމަށްޓަކައި އިއްޒަތްތެރި ހުރިހާ މެމްބަރުން އެ އަދަދު ހަމަވާ ވަރަށް މާލޭގައި ތިއްބަވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަލްސާގައި ފަލާހް ވިދާޅުވީ ޕީއެންސީގެ ކޮންމެ މެމްބަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަތިވެރި ލަފާފުޅާއި އިރުޝާދުގެ މަތިން ވަރަށް ފުރިހަމައަށް ޓްރެއިނިންވެ ތައްޔާރުވެފައިވާ މެމްބަރުންތަކެއްކަމަށެވެ. ހަގީގަތުގައި ދައުލަތެއް ނުވަތަ އަމިއްލަ މިނިވަން ދައުކަލަތެއް އުފެއްދެނީ ވަރަށް ބާރުން ކަަމަށާއި ވަރަށް ގިނަ ރައްޔިތުންގެ، އަބްޠޯލުންގެ ގުރުބާނީން ކަމަށް ފަލާހު ވިދާޅުވިއެވެ. އެ ދައުލަތެއްގެ އެ އޮންނަ ނިޒާމު އެ އޮންނަ އުސޫލުތަކާއި ހިލާފަށް ހަލާކުކޮށްލަން މަސައްކަތް ކުރުމަކީ ހަގީގަތުގައި އެ ގައުމަކަށް ގައްދާރު ވުން ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ދައުލަތެއް ހަލާކުކޮށްލައިގެން ނުވަތަ ދައުލަތެއްގެ ހުންނަ ނިޒާމު ފުނޑުފުނޑު ކޮށްލައިގެން ވެރިކަމަށް އަންނަން ވިސްނާ ސިޔާސީ ބޭފުޅުންނަކީ މިގައުމުގެ ރައްޔިތުންގެ މައްޗަށް އެއްވެސް ލޯތްބެއް އޮތް ބައެއް ނޫންކަމަށެވެ.

”ރައްޔިތުންގެ މައްޗަށް، މިދައުލަތުގެ މައްޗަށް، ގައުމުގެ މައްޗަށް ލޯތްބެއް އޮންނަ ކަމަށް ވާނަމަ އެ ދައުލަތަކާއި އެ ދައުލަތުގެ ނިޒާމަށް އެ ހިނގާ އުސޫލުތަކަށް، ގާނޫނުތަކަށް ނުވަތަ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިއްތަވަން ޖެހޭނެ. އެކަންކަން ނުކުރައްވާ ކަމަށްވާނަމަ އަޅުގަނޑު ދަންނަވާލާނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މަތިކުރާ ހުރިހާ ކަމެއް، ހުރިހާ މަސްއޫލިއްޔަތުތަކެއް ފުރިހަމަކޮށްދިނުމަށްޓަކައި އަޅުގަނޑމެން ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކޮންމެ ކަމެއް ކޮންމެ ވަގުތެއްގައި ﷲ އިރާދަކުރެއްވިއްޔާ ކުރާނަން“

ފަލާހް ވިދާޅުވީ 2018 އިން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ދައުލަތް ލޫޓުވަލާފައި ތިބެވޭނެ ކަމަށް އެމްޑީޕީގެ ވެރިން އެއްވެސްގޮތަކަށް ހީކޮށްގެން ނުވާނެ ކަމަށެވެ. ކުންފުނިތަކުގެ ވެރިން ތިއްބެވީ ހުރިހާ ކުންފުންޏެއްގައި ވައްކަންކޮށްފައި ކަމަށާއި ކުންފުނިތައް ކޮޅަށް ނުތެދުވެވޭ ވަރަށް ހަލާކުކޮށްލާފައި ކަމަށް ފަލާހު ވިދާޅުވިއެވެ. ދައުލަތުގެ ހުންނަ އުސޫލުތަކާއި ހަމަތަކާއި ހިންގުމުގެ ގަވާއިދުތަކާއި ހިލާފަށް ހުރިހާކަމެއް ކޮށްފައި ހުރިކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: