ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ފަރާތުން އިތުރު އެހީއެއް ލިބޭނެ ކަމުގެ ވާހަކައެއްވެސް ނުދެކެވޭ: ރިޔާޒް މަންސޫރު

ރިޔާޒް މަންސޫރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ފަރާތުން އިތުރު އެހީތަކެއް ރާއްޖެއަށް ލިބޭ ވާހަކަތަކެއްވެސް ދެކެވެމުން ނުދާކަމަށް އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަދައްކަވަމުން ރިޔާޒްވަނީ ދާދި ފަހުން އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރ ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. ރިޔާޒް ވިދާޅުވީ، އެމްޑީޕީއިން އެކުލަވާލި ސްޓްރެޓީޖިކް ޕްލޭގައި އެ ޕާޓީއިން ހާސިލުކުރަން ބޭނުންވާ ކަންކަމާއި ހިންގަން ހުރި ޕްރޮޖެކްޓުތައް ފަދަ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ތަންތަނަށް ދާއިރު އެ ޕާޓީއިން ދަނީ އެ ކަރުދާހެއްގެ ގޮތުގައި ހިފައިގެންކަމަށާއި އެ ކިޔާލުމުން ސަރުކާރުން ހާސިލުކުރަން އުޅޭ މަގުސަދުތައް އެނގިގެންދާނެކަމަށެވެ.

އެހެންނަމަވެސް ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މި ވީ 9 މަސް ދުވަހުގެ ތެރޭގައި އެފަދަ އެއްވެސް ލިޔެކިއުމެއް އެކުލަވާލައި ހިއްސާކޮށްފައިނުވާކަމަށާއި މި ސަރުކާރުން ހާސިލުކުރަން ބޭނުންވަނީ ކޮން ކަންތައްތަކެއްކަން ހަގީގަތުގައި ފެންނަން ނެތްކަމަށާއި އޮތީ ހަމައެކަނި ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ލިސްޓެއްކަމަށް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ، އެމްޑީޕީއިން އެކުލަވާލި ސްޓްރެޓީޖިކް ޕްލޭން ފަދަ ކަންކަން ހުންނާނީ އދފަދަ ޖަމިއްޔާތަކުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާއިވެސް ގުޅުވާފައިކަމަށާއި މި ސަރުކާރުގެ އެފަދަ އެއްވެސް އެއްޗެއް ނެތްކަމަށެވެ. އެހެންކަމުން އަވަށްޓެރި ގައުމަކަށް ގޮސް ވާހަކައެއް ފަށާނީވެސް ކިހިނަކުންތޯ ސުވާލު އުފެއްދެވިއެވެ.

ރިޔާޒްވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ދާދި ފަހުން ރާއްޖެ ވަޑައިގެންނެވިކަމަށްވެސް ފާހަގަކޮށްފައެވެ. އޭނާ ވިދާޅުވީ، 4 ވަރަކަށް ދުވަސް ރާއްޖޭގައި ހޭދަކުރެއްވިކަމަށާއި އެއީ ވަރަށް ރަނގަޅު ކަމެއްކަމަށާއި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވުމަށްފަހު ރަނގަޅުވަމުންދާކަމަށް ފެނިގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އެހެންނަމަވެސް އެ ގައުމުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓުތައް ނިންމާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއިރު، އިތުރު އެއްވެސް ކަމެއް ރާއްޖެއަށް އެ ގައުމުގެ ފަރާތުން ލިބިގެންދާނެކަމުގެ ވާހަކައެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ގައުމުގެ ފަރާތުން އެއްވެސް އެއްޗެއް އިތުރަށް ރާއްޖެއަށް ލިބުނުކަން އެނގެން ނެތްކަމަށާއި އެފަދަ އެއްވެސް ވާހަކައެއްވެސް ސަރުކާރުން ނުދައްކާކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައިވެސް އެގޮތަށް ކަންކަން ގޮސްފައިވާކަމަށް އެނގިވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: