ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނު ފަތުރަނީ ކަނޑައެޅިގެން ދޮގު، އަދީބާއި ރައީސް މުއިއްޒު ބައްދަލު ކުރައްވާފައި ނުވާނެ: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި ބައްދަލު ކުރިކަމަށް ކުރާ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

މީގެ ދުވަސްތަކެއް ކުރިން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު، އަދީބާއި ބައްދަލުކޮށް މަޝްވަރާ ކުރިކަމަށް ތުހުމަތު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު އުފައްދަވައިގެން އުޅުއްވާ ޕީއެންއެފްގެ ޖަލްސާތަކުގައި ފަހަކަށް އައިސް ބޮޑެތި ތުހުމަތުތައް ކުރައްވާއިރު ހިޔާނާތުގެ ފައިސާ ނެންގެވިކަމަށާއި އަދީބާއި ގާތް ގުޅުމެއް އޮތްކަމަށް ބުނެ ޕްރެޒެންޓޭޝަންތައް ވެސް ހުށަހެޅި އެވެ.

އެ މައްސަލައިގައި ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވްއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ވަޒީރުކަމުގައިއާއި ނައިބު ރައީސްކަން ކުރެއްވިއިރު ވެސް އަދީބު އެންމެ ރުޅި އަންނަ އެއް ބޭފުޅަކަށް ރައީސް މުއިއްޒު ވާނެކަމަށެވެ. އެހެންކަމުން ދެބޭފުޅުންގެ ދެމެދުގައި މާ ހާއްސަ ގުޅުމެއް އެއް އިރަކު ވެސް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ހުކުމެއްގައި ހުންނެވި އަދީބު ޖަލުން މިނިވަން ކުރުމުން މިވަގުތު އުޅުއްވަނީ ރާއްޖެއިން ބޭރުގަ އެވެ. އަދި ދާފިފަހުން ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރެއްގައި ރައީސް މުއިއްޒު އަދީބާއި ބައްދަލު ކުރެއްވިތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޭނާއާއި ބައްދަލު ކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

އަހުމަދު އަދީބާއި، ޑރ. މުހައްމަދު މުއިއްޒާއި ދެމެދު ގާތް ގުޅުމެއް ނެތް… އެއީ އެކުގައި ވިޔަފާރި ކުރައްވާ ދެބޭފުޅުންނެއް ނޫން.. ނޫނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން، އެއްވެސް ހައިސިއްޔަތަކުން.. އެހެންވީމަ ރައީސް މުއިއްޒު އަދީބާއި ބައްދަލު ކުރަން ޖެހޭ ސަބަބެއް ނޯންނާނެ،. އެހެންވީމަ އެއީ ކަނޑައެޅިގެން ދޮގު.. ޔާމީން އެ ހަދަނީ ހަމަ ދޮގު..

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މިޒާޖަށް އައި ބަދަލުތަކާއި އެކު އެމަނިކުފާނު މިހާރު ހަމަޖެހޭ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލަން ވާހަކަތަކެއް ފެތުރި ނަމަވެސް ރައްޔިތުންނަށް ހަގީގަތް ސާފުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: