ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންނަށް މުލިއާގޭގައި ފައިސާ ބަހާކަމަށް ކުރާ ތުހުމަތަކީ ދޮގެއް: އަބްދުއްރަހީމް

މަޖިލިސް އިންތިހާބުގައި، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުން ހަފްލާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ބަހާކަމަށް ކުރާ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

ސަރުކާރު އުފެދުނު ފަހުން، އަމާޒު ކުރާ ފާޑުކިއުންތަކުގެ ތެރޭގައި މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރި ނަމަވެސް އެކަން އެބޭފުޅުން ދޮގު ކުރެ އެވެ. އަދި މަޖިލީހުގެ ތެރެއިން ހުރިހާ މަސައްކަތެއް ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މެމްބަރުން ވަނީ ދެއްވާފަ އެވެ.

މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވުމަށާއި، އިންތިހާބުގައިވި ވައުދާއި އެއްގޮތަށް މެމްބަރުންނަށް ދޭކަމަށް އިދިކޮޅުން ތުހުމަތު ކުރަނީ 50،000 ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަށް، ސީދާ ރައީސް މުއިއްޒުގެ ފަރާތުން ފައިސާ ބަހާކަމަށް ބުނެ މީޑިއާތަކުން ވެސް ރިޕޯޓު ކުރި އެވެ. އަދި އެކި ލެވެލްތަކުގައި އެ ވާހަކަ ދޮގު ކުރާއިރު މުލިއާގޭގައި މެމްބަރުންނަށް ލިބޭ މުސާރައިގެ އިތުރަށް އެހެން އެއްވެސް ފައިސާއެއް ދޭތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ދޮގު ވާހަކައެއްކަމަށެވެ.

ރައީސް މުއިއްޒަކީ ރިޝްވަތު ދީގެން މެމްބަރުން ހައްލަން އުޅުއްވާ ބޭފުޅެއް ނޫން… އެއަށް ވުރެ ރައްޔިތުންގެ މާ އިތުބާރު އެބައޮތް.. އިތުބާރު އޮންނާތީތާ 90 އެތައް މެމްބަރުންގެ ތެރެއިން 75 މެމްބަރުން ރައީސް މުއިއްޒަށް ހޮވާދެއްވާފައި އެތިބީ.. އެހެންވީމަ އެބޭފުޅުން ވަކި ގޮތަކަށް ގެންގުޅެން ލާރިއެއް ދޭކަށް ނުޖެހޭނެތާ..

އަބްދުއްރަހީމް ވިދާޅުވީ ހުރިހާ ގޮތަކުން ވެސް، ރައީސް މުއިއްޒު ރައީސް ޔާމީނާއި ތަފާތުވާނެކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ކޮންމެ މީހަކާއި ވެސް މުހާތަބުކޮށް ވާހަކަ ދައްކަވައި އަމަލުތައް ބަހައްޓަވާއިރު އެއީ އިންސާނުންކަން ދަންނާނެކަމަށާއި އެކަމަކު ރައީސް މުއިއްޒު އެހެން ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީހަކަށް ދެރައެއް ދިމާވުމުން އެކަމުގައި އެހީވެ، މީހުންނަށް އަޅާލައި އޯގާވުމަކީ ރައީސް މުއިއްގެ އަބަދުމެ ހުރި ސިފައެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން މިއަދު ވެރިކަމަށް ވަޑައިގެން ހުރިހާ އުސޫލެއް ދޫކޮށް ފައިސާ ބަހަން އެމަނިކުފާނު ހުންނަވަފާނެކަމަށް ހީކުރެވުނު ނަމަވެސް އެކަން ހިނގާ ގޮތަކީ އެއީ ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: