ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ނަމްބަރެއް ތައާރަފްކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ --
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ނަންބަރު ތައާރަފްކޮށްފިއެވެ.

ސްޓެލްކޯއިން ސޯޝަލްމީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ ”1545“ އެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ ކަންކަމުގެ ތެރެއިން ފެށިފައިވާ މަސައްކަތެއްކަމަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށައެޅުމަށާއި ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މައުލޫމާތު ހޯދުމަށްވެސް މި ހިދުމަތް ބޭނުންކުރެވޭނެކަމަށެވެ. އަދި އެ ނޫންވެސް ކުންފުންޏާއި ގުޅުން ހުރި ކަންކަމުގައި ހޮޓްލައިން ނަންބަރު ބޭނުންކުރެވޭކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާވައިވާކަމަށް މައުޅޫމާތު ދީފައިވެއެވެ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: