ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިޔުއެސްސީގެ ކަރަންޓް ވަޔާ ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން، ކަރަންޓް ވަޔާ ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދާ ބާޒާރަށް ނެރެފިއެވެ.

އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ވަނީ ނެރެފައެވެ. އެމްޑަބްލިޔުއެސްސީ އިން ގުޅީފަޅުގައި 2015 ވަނަ އަހަރު ގާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުހާނާއިން ހަތަރު ސައިޒެއްގެ ފެންވަރު ރަނގަޅު ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފައެވެ. ކަރަންޓް ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި 16 މިލިމީޓަރާއި 20 މިލިމީޓަރާއި 25 މިލިމީޓަރާއި 32 މިލިމީޓަރު އިތުރުން 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެއެވެ. އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައިއެސްއޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުހާނާއެކެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން ރާއްޖޭގެ ގެދޮރު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ހާޑްވެއާ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ. ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިގްތިސާދަށް މިކަމުގެ ހެޔޮ އަސަރު ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޑަބުލިއުއެސްސީ އިން ވިދާޅުވެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްގީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމައު އަށް ފޯރުކޮށްދިނުން ކަމުގައި އެމްޑަބުލިއުއެސްސީ އިން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: