ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަށް ވާދަކުރެވޭނަމަ ދޫދެން ހުރީ ތައްޔާރަށް، އެކަމަށް ސެނެޓު ހެކިވާނެ: ރައީސް

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފަހު ދުވަހުވެސް ރައީސް ޔާމީން މިނިވަން ވެއްޖެނަމަ ރައީސްގެ ކެންޑިޑޭޓަކީ ރައީސް ޔާމީނުކަމަށް ޓިކެޓު ހަވާލު ކުރުމުގެ ކުރިން ސެނެޓު ތެރޭގައި ވިދާޅުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގަށް ދެއްވި ހާއްސަ އިންޓަވިއުގައި ރައީސް ވިދާޅުވީ ސެނެޓު ތެރޭގައި ދެއްކެވި ވާހަކައަށް ހުރިހާ ސެނެޓަރުންވެސް ހެކިވާނެ ކަމަށާއި އަދި ރައީސް ޔާމީނުގެ ހައްގެއް ބޭނުންފުޅު ނުވާ ކަމަށާއި އަދި ލީޑުކުރައްވަންވެސް ޖެހޭނީ ޔާމީން ކަމަށެވެ. ހުންނެވ މަގާމަކީ ރައީސް ޔާމީނުގެ މަގާމެއް ކަމަށް ފުރަތަމް ދުވަހުގެ ޕްރެސްގައި ވިދާޅުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ސުޕްރީމު ކޯޓުން އެ ފުރުސަތު ބަންދުވުމުން ގައުމުގެ ހައްގުގައާއި އަދި ޕާޓީއަށްވެސް ވެރިކަން ހޯދާދެން ޖެހޭކަމަށް ގަބޫލުކުރައްވާތީ އެމަގުން ކުރިއަށް ވަޑައިގަތީކަމަށް ރައީސް ވިދާޅުވިއެވެ.

”އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން ފުރަތަމަ ބޭއްވި ޕްރެސްގައި ފުރަތަމަވެސް އަޅުގަނޑު މުޅި ގައުމާ މުހާތަބުކޮށް ބޭއްވި ފުރަތަމަ ޕްރެސްގައި އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލީ މަނިކުފާނުގެ ގާނޫނީ ބާރުގެ ތެރެއިން މަނިކުފާނަށް އޮތް ފުރުސަތެކޭ އެމަނިކުފާނު ގެޔާ ހަމައަށް ގެނެސްދިނުމަކީ. މިނިވަން ކުރެވޭނީ ކޯޓަކުން. ގެޔަށް ގެނެވޭނެ. އެއީ ހަމަ އެންމެނަށް ފެންނާން އޮންނާނެ އެއްޗެށް“

ރައީސް ވިދާޅުވީ އިންތިހާބުވީ ދުވަހާއި ޖެހިގެއިން އައި ދުވަހު ރައީސް އޮފީހަށް އަބްދުއްރަހީމް އާއިއެކު ވަޑައިގެން ރައީސް ޔާމީން ގެޔަށް ވަޑައިގަންނަވާއިރު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ސަލާމްކުރެއްވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ކުރިން ޕްރޮޓޮކޯލް އޮތް ގޮތުންނަމަ ގާތް ވެވޭނެ ގޮތްވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެހުރިހާ މަަސައްކަތެއްގައި އެމަނިކުފާނުގެ ދައުރެއް އޮތް ނަމަ އެއީ ކަަމަށާއި އަދި އެމަނިކުފާނުގެ ހިތްހިޔަތް ސާފުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: