ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯޑިއަމްތަކުގައި ތުހުމަތުތައް ކުރިޔަސް، މުލިއާގޭގައި ކަރޯކޭ ސިސްޓަމެއް ނުހުންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މުލިއާގޭގައި ކަރޯކޭ ސިސްޓަމެއް ހުންނަކަމަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ރޯދަ މަހުގެ ތެރޭގައި ފެންމަތިވި އެ ތުހުމަތުތަކަށް ސަންގުޓީވީއަށް ދެއްވި އެކްސްކްލޫސިވްއެއްގައި ސުވާލު ކުރުމުން ރައީސް ވިދާޅުވީ މުލިއާގޭގައި އެފަދަ ސިސްޓަމެއް ނުހުންނާނެ ކަމަށެވެ.

މިއީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ތުހުމަތުތަކެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އެކިކަހަލަ ގޮތްގޮތަށް މީހުން ދޮގުހަދާ ދެއްތޯ. މިއީ އެއްވެސް ކަހަލަ ތެދެއްނެތް ދޮގެއް

ކަރޯކޭ ސިސްޓަމަކާއި ގުޅުވައި ކުރި ތުހުމަތުތައް ޕޯޑިއަމްތަކުގައި އިވިފައިވީ ނަމަވެސް، އެ ވާހަކަ ބަޔަކު ގަބޫލު ކުރަންވީ ކީއްވެގެންކަން ސާފު ނުވާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ބައެއް ބޭފުޅުން ދެއްކެވި ވާހަކައިގައި އެ ސިސްޓަމްގެ އަގާއި، އެއީ ކޮންތަނަކުން ގެނެފައިވާ ސެޓެއްކަން އެނގޭކަމަށް ބުނެ ވެސް ވާހަކަތައް ފަތުރާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: