ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ރައީސް ޔާމިނަށް ވަރަށް އިޙްތިރާމް ކުރަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމިނަށް އަބަދުވެސް އިޙްތިރާމް ކުރައްވައި ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ޔާމިނަށް ހާއްސަކޮށްގެން ބެހެއްޓި ހުސްގޮނޑި ދައްކައިގެން ކަމަށް ސިޔާސީ އިސްލީޑަރުންނާއި އިދިކޮޅު ޕާޓީ ތަކުން ރައީސް ޑރ. މުައިއްޒު ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމުން ބުނަމުން އައެވެ. އަދި އޭގެ ފަހުން 19 ވަނަ ރައްޔިތުން މަޖިލިހުގެ އިންތިޙާބު ޕީއެންސީ ކާމިޔާބު ކުރުމާއެކު، ބައެއް ފަރާތްތަކުން ބުނަމުން އައީ ރައީސް ވެރިކަމަށް އައީ ހުސްގޮނޑި ދައްކައިގެން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ނިމުން ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއީން ސާބިތުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ “ހުސް ގޮނޑި” އެއް ދައިގެން ނޫންކަން، ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފައެވެ.

ސަންގަށް ދެއްވި ހާއްސަ އެކްސްކްލޫސިވްގައި ރައީސް ވަނީ ރިޔާސީ އިންތިހާބު ދުވަސް ވަރުގެ މައްޗަށް އަލި އަޅުވައިލައި ފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ރިޔާސި އިންތިޙާބަށް ކުރިމަތިލެއްވީ ރައީސް ޔާމިނު މިނިވަން ކުރުމުގެ ނިޔަތުގައި ކަމަށާއި، އަދި އޭރު ކެންޕެއިން ކުރަމުން ދިޔާއީ ރައްޔިތުން އެމަނިކުފާނަށް ވެރިކަށް ދެއްވާނެ ކަމުގެ އުންމީދުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ނިޔަތަކީ ވެރިކަން ލިބިއްޖެނަމަ ދިވެހީންގެ ރާއްޖެއެއް ޤާއިމުކޮށް، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަކަށް ގެނެއުން ކަމަށް ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައީ އަޅުގަނޑުމެންނަށް ރައްޔިތުން ވެރިކަން ހަވާލު ކުރޭތޯ ކެންޕޭނު ކުރަމުން ދިޔައީ، ހަވާލުކޮށްފިއްޔާ ދިވެހީންގެ ރާއްޖެއެއް ޤާއިމްކޮށް، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަކަށް ގެނެސް، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަކަށް ގެނައީމަ، އަޅުގަނޑު ޤަބޫލު ކުރަމުން އައި އެއީ އެމަނިކުފާނު މައްޗަށް ކޮށްފައި އޮތީ ނުރަނގަޅު ޙުކުމެއްކަމަށް، އަޅުގަނޑުމެން ޤަބޫލުކުރާތީ އެމަނިކުފާނަށް މިނިވަން ވާނެ ކަމަށް، އެ ވާހަކަ ދައްކަމުން ދިޔައީ“ ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމިނުގެ މައްޗަށް ކުރަމުން އައި ނުރަނގަޅު ހުކުމެއް ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވަމުން އައި ކަމަށާއި ރިޔާސީ އިންތިހާބު ތެރޭގައިވެސް ދައްކަމުން އައި އެ ވާހަކަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސްގެ ހިތްޕުޅުގައި އޭރުގައިވެސް މިހާރުވެސް އެމަނިކުފާނަށް އަބަދުވެސް އޮތީ ޤަދަރާއި އިޙްތިރާމު ކަމަށް ވަނީ ވިދާޅުވެފައެވެ.

“ އޭރުގައިވެސް މިއަދުވެސް އަދި މާދަމާވެސް އަޅުގަނޑު ހިތުގައި ހަމަގައިމުވެސް އެމަނިކުފާނަށް އޮންނާނީ ޤަދަރު، އަބަދުވެސް އޮންނާނީ ޤަދަރު“ ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: