ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކާ 45 ރަށަކަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލުމާތު ދެއްވަމުން މުއާޒު ވިދާލުވީ، ކަރަންޓުގެ ޚިދުމަތް ދޭ ގިނަ ރަށްރަށުގައި މި އަހަރު ފެށިއިރު ހުރީ ޖެނެރޭޓަރުތަކުގެ ހާލަތު ރަނގަޅު ކުރަންޖެހިފައި ކަމަށެވެ. އަދި ގިނަ ޖެނެރޭޓަންތަކެއް ހުރީ އޯވަހޯލް ކުރަންޖެހިފައި ކަމަށެވެ.
މުއާޒު ފާހަގަކުރެއްވި ގޮތުގައި އެންމެ ހާލަތު ގޯސް ރަށްތަކަށް މިހާތަނަށް 47 ޖެންސެޓު ފޯރިކޮށްދީފައި ވެއެވެ. އަދި އިތުރަށް ޙާލަތު ގޯސް ރަށްތައް އެބަހުރި ކަަމަށާއި އަންނަ ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން އެރަށްތަކަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، މުއާޒު ވިވާޅުވި ގޮތުގައި އިންޖީނުގެތަކުގެ ހާލަތު ދަށްވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެ ތަކެތީގެ މެއިންޓެނިންސްގެ މަސައްކަތް ބަރާބަރަށް ކުރެވިފައި ނެތުމެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ކަރަންޓްގެ ޙިދުމަތް ރަނގަޅު ކުރުމަށްޓަކައި ކަރަންޓު ނެޓްވޯކް އަޕްގްރޭޑުކުރުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ހުރި ކަމަށް ވަނީ ފާހަގަކުރައްވައި ފައެވެ. އެގޮތުން އެންމެ ހާލަތު ދަށް 15 ރަށެއްގައި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މުޢާޒު ވިދާޅުވިއެވެ.

