15 ރަށެއްގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަަމަށް ފެނަކައިން ބުނެފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ފެނަކައިން ހާމަކުރި ގޮތުގައި، ރަށްރަށުގެ ކަރަންޓުގެ އާންމު ހާލަތު އެހާ ގޯސްވީ މެއިންޓެނެންސްގެ މަސައްކަތްތައް ކޮށްފައިނުވާތީ އެވެ. ނަމަވެސް މި ސަރުކާރުން މި މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންދާކަމަށް ބުންޏެވެ.
ފެނަކައިން ބުނެފައި ވަނީ 15 ރަށެއްގެ ނެޓްވޯކް އަޕްގްރޭޑިން މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން ދާއިރު، ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އިތުރަށް ފުޅާކޮށް، ތަރުތީބު ކުރެވިގެން އެހެން ރަށް ރަށުގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.
މިހެން ހުރި ރަށްތަކަށް، 47 ޖެންސެޓު ފޯރުކޯށްދީފައިވާކަމަށާއި، ނަމަވެސް އަދިވެސް ހާލަތު ގޯސް ރަށްތައް އެބަހުރިކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން އެ ރަށްތަކަށް ޖެނެރޭޓަރުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވެމުންދާކަން ހާމަ ކުރެއްވިއެވެ. އަދި ބުނެފައި ވަނީ އަމާޒަކީ އަންނަ ރަމަޟާން މަހާއި ހަމައަށް މި މަސައްކަތް ނިންމާލުން ކަމަށެވެ.
ދުވަސްވީ ނެޓްވޯކް ބަދަލުކުރުމުގެ މައިގަނޑު މަޤްޞަދަކީ ފެނަކައިން ބުނި ގޮތުގައި ކަރަންޓް ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމެވެ.

