ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދެއްކި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މާލޭ މަގުމަތީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު:
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރުދިން މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމަށް މަސައްކަތްކުރި ށ. މިލަންދޫ، ހެޕީލޭންޑް އަހުމަދު އަތުހަރުގެ ޝަރީއަތާމެދު ގޮތެއް ނިންމުމަށް އޭނާގެ ޣައިރު ހާޒިރުގައި ކޯޓަށް ހުށަހެޅުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އުމުރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މާލޭގެ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު އަންހެނަކު ބަންދުކޮށްގެން އަނިޔާކުރާކަށް ބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވިކަމަށެވެ. އަދި އަންހެން މީހާ ސަލާމަތްކުރަން ފުލުހުން މަސައްކަތްކުރުމުން އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ސައިކަލެއްގައި އަރުވައިގެން ފިލަން އުޅުމުން ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތްކޮށްފައިވާކަމަށެވެ. މިހާދިސާއަށްފަހު އަންހެން މީހާއާއި ފިރިހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، މާބޮޑު އަނިޔާތަކެއް ނުލިބޭތީ ދެ މީހުންވެސް ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ.

މިމައްސަލައިގައި ހިމެނޭ އަހުމަދު އަތުހަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާއި، އަންހެން މީހާ ރަހީނުކުރަން އުޅުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ފުލުހުން ހަރަކާތްތެރިވިގޮތަށް ހޯމް މިނިސްޓަރ އިހުސާންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުވެސް ވަނީ ތައުރީފުކުރައްވާފައެވެ. ކޮމިޝަނަރ ވިދާޅުވީ މިހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށެވެ. މީގެއިތުރުން މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުން މުހިއްމުކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: