ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ނިންމާލީ، އާންމު ސްޕީޑަށް ވުރެ އަވަހަށް: އާދަމް ޝަރީފް

މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންގެ ސަލާމާތަށް ނުރައްކާވާ ގޮތަށް ބާވެ ގިނަ ދުވަސްވެފައި ހުރި ބޭނުން ނުކުރާ އިމާރާތްތަކުގެ މައްސަލަ ހައްލު ކުރުމުގެ ސިޔާސަތުގެ ދަށުން، ތަޅާލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ މ. ރަބީއުވިލާގެ އެއްކޮށް ތަޅާލައިފި އެވެ.

މީހުން ދިރިނޫޅެވޭ ވަރަށް ބާވެ، ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފެށީ މި ގެތައް މަސްތުވާތަކެތި ބޭނުން ކުރާ އައްޑާއަކަށްވެފައި ވަނިކޮށެވެ. އާންމުންގެ ސަލާމަތަށް ބަލައި، ބައެއް ގެތައް ސާފު ކުރުން ކުރިޔަށް ގެންދަނީ އެގެތަކުގެ ވެރިފަތާތުގެ ހުއްދަ ލިބިގެންނެވެ.

ރަބީއުވިލާ ތަޅާލުމަށް އޮގަސްޓު 16 ގައި ފެށި މަސައްކަތް ނިމިފައިވާކަން، ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް ވަނީ މައުލޫމާތު ދެއްވާފަ އެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ ރަބީއުވިލާ އެއްކޮށް ތަޅާލައި ބިމާ ހަމަކުރީ 14 ދުވަހުގެ ތެރޭގައިކަމަށާއި އާންމުކޮށް މިފަދަ މަސައްކަތަށް ނަގާ މުއްދަތާއި ބަލައި މިއީ އަވަސް ސްޕީޑެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފަސް ފްލޯގެ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ނިންމާލިއިރު، ރަބީއުވިލާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ވަދެ ނިކުމެ އުޅޭކަމަށް މަޝްހޫރު ތަނެކެވެ. އަދި މިދިޔަ އޭޕްރިލް މަހު އެ އިމާރާތުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، މޭއި މަހުގެ ތެރޭގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެ ކުނިވެފައި އޮއްވާ ފެނުނެވެ.

ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރުމަށް ގޭގެ ވެރިފަރާތުން ބޭނުންވި ނަމަވެސް، އެކަން ކުރެވިފައި ނުވަނީ އެކަމުގެ މާލީ ގާބިލުކަން ވެރިފަރާތުގެ ނެތުމުންނެވެ. އަދި އެކަމުގައި އެހީތެރިކަމަށް އެދިފައި ވާތީ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ނިންމެވީ އެ ގެ ހުރި ހާލަތަށް ރިޔާއަތް ކުރުމަށް ފަހު، އެ މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައިކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބާވެގެން ވެއްޓެން ކައިރިވެފައިވާ ކަމަށް ބެލެވޭ 11 އިމާރާތެއް 2019 ވަނަ އަހަރު ޕްލޭނިންގް މިނިސްޓްރީއިން އާންމުކުރިއިރު، އެ ލިސްޓުގައިވެސް މ. ރަބީއުވިލާ ހިމެނެއެވެ. މިއަދާއި ހަމައަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ ގެއަކީ އިޖްތިމާއީ އެތައް މައްސަލައެއް ފެންމަތިވެފައިވާ ފަޅު ގެއެކެވެ. އަދި އަލިފާނުގެ ހާދިސާތައްފަދަ ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައިވާ ގެއެކެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މާލޭގައި ހިންގާ 50 ޑްރަގް އައްޑާއެއް ފާހަގަކުރެވިފާއިރު އޭގެ ތެރޭގައި ސަރުކާރުގެ ބައެއް މީހާރު ބޭނުން ނުކުރާ އިމާރާތްތައް ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: