ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވާހާ ވާހަކައެއް ދަައްކަން އެމްޑީޕީއަށް ޖާގަ ދީގެން ނުތިބެ، ރިއެކްޓު ކުރާނަން: މަމްދޫހު

ފުނަދޫ ދާއރިާގެ މެންބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރާއި ގުޅުވައި އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރައި ނަފްރަތު އުފެއްދުމަށް ކުރާ ކޮންމެ މަސްއްކަތަކާއި ދެކޮޅަށް ނިކުމެ ރިއެކްޓު ކުރާނެކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި އިދިކޮޅުން ވަނީ ތަފާތު އެކި ފާޑުކިއުންތައް އަމާޒުކޮށް، ތުހުމަތުތަކެއްކޮށްފަ އެވެ. އެގޮތުން އެމްޑީޕީއާއި ޕީއެންއެފްގެ އެކި ބައްދަލުވުންތަކުގައި ކުރާ ހިޔާނާތުގެ ތުހުމަތުތަކަށް ސަރުކާރުގެ މެމްބަރުން ދެނީ ރައްދު ދެއްވަމުންނެވެ.

މިފަދަ އެކި ފާޑުކިއުންތަކަށް ދޭ ރައްދުތަކަކީ ޑިފެންސަށް ފޭބުންކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ ރައްޔިތުންގެ ނަން ބޭނުންކޮށްގެން ސަރުކާރާއި މެދު ނަފްރަތު އުފައްދައި ރުޅިވެރިކަން އުފެއްދުމަށް އެމްޑީޕީއަށް ޖާގައެއް ނުދޭނެކަމަށެވެ. ސަރުކާރަށް މިވީ އަށް މަސް ދުވަހުގެ ތެރޭގައި އެކި ދޮގުތައް ފަތުރައި ސަރުކާރުގެ ބޮލުގައި ބަދުނާމުތައް އެޅުވި ނަމަވެސް އެ ކަންކަމަށް ރައްދު ދީ ހަގީގަތް ހާމަކުރުމަށް މެމްބަރުން ނިކުންނާނެކަމަށް މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ ސަރުކާރު ގޯސްކަމަށް ބުނެ އެމްޑީޕީއަށް ހެދޭނެ އެއްވެސް ތެދެއް ނެތްކަމަށާއި، ހައްތާވެސް ހުރީ ފަތުރާނެހާ ދޮގުތައް ކަމަށެވެ. ސަރުކާރުގެ މަސައްކަތްތައް ރަނގަޅުވެފައި، ގެންގުޅޭ ސްޕީޑު ރައްޔިތުން ބަލައިގަންނަކަން ފާހަގަކޮށް މަމްދޫހު ވިދާޅުވީ އެމްޑީޕީއަށް ބަލަން ކެތް ނުކުރެވޭ މަންޒަރަކީ އެއީކަމަށެވެ. އަދި އެކަން ބަދަލުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް އެތައް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން މިހާތަނަށް ލިބުނު ކާމިޔާބެއް ވެސް ނޯންނާނެކަމަށް މަމްދޫހު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި އެމްޑީޕީއަކަށް މި ސަރުކާރާއި ގުޅޭގޮތުން ޑެމޭޖެއް ދޭނެ ފުރުސަތު ނުދޭނަން.. އަޅުގަނޑުމެން ރިއެކްޓު ކުރާނަން.. އެބޭފުޅުން ދައްކާނެހާ ވާހަކައެއް ދައްކަން ފުރުސަތު ދީގެން ނުތިބޭނަން.. ސަރުކާރޭ ކިޔައިގެން ރައްޔިތުން އޮޅުވާލުމަށް، ރައްޔިތުން މިސްލީޑު ކުރުމަށް އެތައް ދޮގު ވާހަކަތަކެއް ދެއްކީ.. އަޅުގަނޑުމެން ރިއެކްޓު ކުރާނަން..

އިދިކޮޅުން ސިޔާސީ ދޮގު ފެތުރުމަށް ޓޫލްއެއްގެ ގޮތުގައި މަސްވެރިން ނުވަތަ އެހެން ސިނާއަތެއްގެ ބައެއް ބޭނުން ކުރާއިރު އެމްޑީޕީގެ ސަރުކާރުގައި ވެފައިވާ އިހުމާލުތަކުގެ ވާހަކަ ދެއްކުން މުހިންމުކަމަށް މަމްދޫހު ވިދާޅުވި އެވެ.

ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައިރު، ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އެހާ ގިނައިރު އެކަމުގެ އަގު މިއަދު ރައްޔިތުން ދައްކަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮވިޑު-19 ގެ ބަހަނާ ދައްކައި ދުނިޔޭގެ އެކި ގައުމުތަކުން ބޮޑެތި އެހީތައް ލިބެމުން ދިޔައިރު ވެސް އަށް ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކޮށްގެން ގައުމަށް ލިބުނު އޭގެ އެއްވެސް މަންފާއެއް ނެތްކަމަށެވެ.

މަމްދޫހު ވިދާޅުވީ އިގްތިސާދީ ފުން އަނދަވަޅުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށާއި، ސަރުކާރަށް މެނޭޖު ނުކުރެވޭކަމަށް ބުނެ އެމްޑީޕީއަށް ދެއްކޭނެ ވާހަކައެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: