ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓު މައްސަލައިގައި ހައްޔަރު ކުރި އިކްރާމްގެ ބަންދަށް ތިން ދުވަސް

އިކުރާމް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގެ މައްސަލާގައި ކާރު ދުއްވަން އިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިބްރާހިމް އިކްރާމް ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ޖުލައި، 31 ގައި ވިނަރެސް ފްލެޓުތަކާއި ކައިރި މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެ މަގުގެ އެއްފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިންކަމަށް ތުހުމަތުވާ އިބްރާހިމް އިކްރާމް ފުލުހުން ހައްޔަރު ކުރީ، އެރޭގެ ވަގުތެއްގައެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުން އެ ނިންމުން ގޯސްކަމަށް ބުނެ މައްސަލަ ހައިކޯޓަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅީއެވެ.

މައްސަލަ އިސްތިއުނާފުކޮށް އިކްރާމްގެ ފަރާތުން ބުނެފައި ވަނީ، ފުލުހުން އަމަލު ކުރީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށެވެ. އަކްރަމް ބަންދު ކުރުމަށް ނެރުނު އަމުރު ހައިކޯޓުން  ބާތިލު ކުރީ، އޭނާއަށް ވަކީލެއްގެ ފުރުސަތު ދީފައި ނުވާތީއެވެ. ކޯޓު އަމުރުގައި ވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވެސް އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

އަނެއްކާ ވެސް ކޯޓު އަމުރެއްގެ ދަށުން އެ ދުވަހުގެ ރޭ އިކްރާމް ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ދޮގުހަދައި، ދޮގު މައުލޫމާތު ދީފައިވާކަމަށާއި އެކަން ކަމާއި ބެހޭ އިދާރާތަކުން ބަލަން ޖެހޭކަމަށް ހައި ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ނެރުނު ކޯޓުއަމުރުގައި ވެއެވެ. މި މައްސަލައިގައި ދެ ފަރާތުން ދައްކާފައިވާ ދިމާނުވާތީ ދަށު ކޯޓުގެ މުއްދަތު މަޖިލިސް ރެކޯޑިން ހޯދައި މުއްދަތު މަޖިލީހުގައި ވަކީލުންގެ ހައްގާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ވޭތޯ ހައިކޯޓުގެ ފަނޑިޔާރުން ވަނީ ބައްލަވާފައެވެ. އެގޮތުން އެފަދަކަމެއް ފަނޑިޔާރުންގެ ފަރާތުންނާއި މަޖިލީހުގައި ބައިވެރިވި އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ.

މިއީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ދީފައިވާ ދޮގު މައުލޫމާތަކަށް ވާތީ، ކަމާއި ބެހޭ ފަރާތްތަކުން މައްސަލަ ބަލައި ތަހުގީގު ކުރަންޖެހޭކަމަށް އަމުރުގައި ވެއެވެ. ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ގާނޫނީ ވަކީލުން އައްޔަނުވުމުގައި ކަން ހިނގާ ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ވަކީލު އައްޔަނު ކުރަންވާނީ ފުލުހުންގެ ހިދުމަތަށްކަމަށާއި އަދި ފުލުހުންގެ ފަރާތުން ވަކީލު ބަލައިގަނެ އެކަން ސީދާ ވަކީލަށް އައްޔަނު ކުރަންޖެހޭނެކަމަށް އަމުރުގައި ވެއެވެ. އަދި ވަނީ ވަކީލު ބަލައިގެންކަން ފުލުހުން އެންގުމުގެ ކުރިން ތުހުމަތުގައި ނުވަތަ ބަންދުގައި ހުރި މީހާގެ އެއްވެސް މައުލޫމާތެއް އައްޔަނު ކުރާ ވަކީލަކަށް ނުދޭނެކަމަށް ހައިކޯޓުގެ ޝަރީއަތުގައި ފުލުހުން ބުނެފައިވާކަމަށެވެ.

އެހެންކަމުން ވަކީލުގެ ފަރުދީ ޒިންމާގެ ތެރެއިޖން މައްސަލައިގައި މުއްދަތު ޖަހާނެ ގަޑިއާއި މުއްދަތު ޖަހަން ގެންދާނެ ކޯޓެއް ވަކީލަށް ކަށަވަރު ކުރެވޭނެ ގޮތެއް އޮތްކަމަށް ނުދެކޭކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: