އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް 2024ގައި ޅ. ނައިފަރުގެ ”ހުސްބުޅި“ ޓީމުން ޗެމްޕިއަންކަން ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ބޭއްވުމަށް ކ. ހިންމަފުށި، ގދ. ތިނަދޫ ޅ. ނައިފަރުގައި ކުރިއަށް ގެންގޮސްފައެވެ. ކ. ހިންމަފުށީ މަސްރޭހަށް ރެޖިސްޓަރ ކުރި 18 ޓީމާއެކު ހިންމަފުށީގައި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ 6 ސެޕްޓެމްބަރ 2024 ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދެއްވައިފައެވެ.

މި މަސްރޭސް މުބާރާތުގައި އެއްވަނަ، ދެވަނަ، ތިންވަނަ ވަނީ ހޮވައިފައެވެ. މި މުބާރުގެ ޗެންޕިއަންކަން ހޯދައިފައިވަނީ ޅ. ނައިފަރުގެ “ ހުސްބުޅި “ ޓީމެވެ. އެ ޓީމުން 921.4 ޕޮއިންޓް ވަނީ ހާސިލްކޮށްފައެވެ. އަަދި 698.45 ޕޮއިންޓާއެކު ޗިލް ބްރޯޒްގެ ޓީމުން ވަނީ ދެވަނަ ހޯދައިފައެވެ. އަދި ޓީން ކޮރަކަލި ވަނީ 438.3 ޕޮއިންޓާއެކު މުބާރާތުން ތިންވަނަ ހޯދައިފައެވެ.

މަސްރޭހުގެ އެންމެ ބަރުމަސް ބާނާފައިވަނީ ޓީމް އަލިފަސްގެ މުހައްމަދު ނަޝީދުއެވެ. އެއީ 9.4 ކިލޯގެ މުޑަ ހަނދިއެކެވެ. އަދި 24 މަސް ބާނައި މި މަސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވިފައިވަނީ ޗިލް ބްރޯޒްގެ އަލީ އަބްދުﷲއެވެ. ޓީމު ކޮރަކަލިީގެ ޖަވާދާވަނީ 15 މަސް ބާނައި، އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވިފައިފައެވެ.
އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ވަނީ ޅ. ނައިފަރުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ހޫނު މަރުހަބާއެއް އަރިސްކޮށްފައެވެ.

