ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްޕޯޓު އަދި އެކްސްޕޯޓު ކުރި މުދަލުން ޖުލައި މަހު ދައުލަތަށް 364 މިލިޔަން ރުފިޔާ!

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

އިމްޕޯޓު އަދި އެކްސްޕޯޓު ކުރި މުދަލުން ޖުލައި މަހު ދައުލަތަށް 364 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އިމްޕޯޓު އަދި އެކްސްޕޯޓުން މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބިފައިވަނީ 361 މިލިޔަން ރުފިޔާއެވެ. އެއީ މިއަހަރުގެ މި މުއްދަތުގެ އާމްދަނީއާ އަޅާ ބަލާއިރު 0.8 އިންސައްތަ އިތުރު އަދަދެކެވެ.

ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ، އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި ސްރީ ލަންކާއެވެ. ޔޫއޭއީއިން ވަނީ 991 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. ދެވަނައިގައި އޮތް އިންޑިއާއިން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ލިސްޓުގެ ތިން ވަނައިގައި އޮތް ޗައިނާއިން 681 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެއެވެ.

އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު، ތެލުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކެވެ.

ޖުލައި މަހު ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އަދަދު ވަނީ ދަށްވެފައިކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ފާހަގަވެއެވެ. އެގޮތުން ޖުލައިމަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 65 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ:

  1. އިނގިރޭސިވިލާތް
  2. ތައިލެންޑް
  3. ޔޫ.އޭ.އީ
  4. ބަންގްލަދޭޝް
  5. ފަރަންސޭސިވިލާތް
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: