ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ޝަރީއަތް މާދަމާ!

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް؛ ހަމަލާއަށް ފަހު ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވޭ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ގައި ޝަމީމަށް ބަޔަކު ހަމަލާ ދީފައި ވަނީ، ދަރިފުޅު ސްކޫލަށް ގެންދިއުމަށް ފަހު އެނބުރި ގެއަށް ވަޑައިގަންނަވަނިކޮށް އޭނާ ދިރިއުޅުވާ ގެ ކައިރިންނެވެ. ޝަމީމަށް ފާރަލަމުން ގޮސް މަރުތޭލަކުން ދިން އެ ހަމަލާގައި އަނިޔާވެފައި ވަނީ އޭނާގެ އަތަށެވެ. އަދި އޭގެ ފަހުން ސިފައިން ޝަމީމްގެ ސެކިއުރިޓީ ވަރުގަދަ ވެސް ކުރި އެވެ.

ޝަމީމް ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް ހަމަލާ ދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހު އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީ:

  • ޝަމާލް ހުސައިން (21އ)، މުސްތަރީގެ، ތ. ގާދިއްފުށި
  • ޒަޔާން ނަސީރު (23އ)، ކެމީހިޔާ، އދ. މާމިނގިލި
  • އަބާން އަބްދުލްހައްނާން (23އ)، ރުވާ، ތ. ދިޔަމިގިލި
  • ރަޖުވާން ލަތީފު (22އ)، މުރިނގު، ލ. މާމެންދޫ
  • މިދުހަތު އާދަމް (24އ)، ރިވެލި، ރ. އަލިފުށި
  • މުހައްމަދު ޖަޒްލާން (22އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން
  • އަހުމަދު މައިސާން ހާޝިމް (20އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެ

ކްރިމިނަލް ކޯޓުގައި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާގެ މެންދުރު 2:30 އަށެވެ. ތާވަލުގައިވާ ގޮތުން ޝަރީއަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ.

މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ހިމެނޭ މިދުހަތުގެ މައްޗަށް ކުރަނީ ޝަމީމަށް ހަމަލާ ދިންކަމުގެ ތުހުމަތެވެ. އަދި ޖަޒްލާނަކީ އޭނާ ގޮވައިގެން ސައިކަލުގައި ދިޔަ މީހާކަމަށް ތުހުމަތު ކުރާއިރު، އެ ސައިކަލު ހޯދައިދިނީ މައިސާންކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ދެން ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ މީހުން އެ ހަމަލާ ރޭވުމާއި، ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބިކަމަށް ބުނެ އެވެ.

މި ހަތް މީހުންގެ ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ތައްޔާރުވިއިރު، އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީގަށް ވައްދައި ވޯޓަށް އަހަން ގާތްވެފައި ވަނިކޮށް ޝަމީމް އިސްތިއުފާ ދެއްވީ އޮގަސްޓު 22 ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: