ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަހަރާ މިސްކިތުގެ އެއްބައި މަރާމާތަށްފަހު ހުޅުވައިލައިފި

މާލެ ސިޓީ މޭޔަރ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑު މަރާމާތަކަށް ފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި ހުޅުވައިލައިފި އެވެ.

މާލެ ސިޓީ މޭޔަރ އާދަމް އާޒިމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަރަށް ބޮޑު މަރާމާތަކަށް ފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި، މާތް ﷲ ގެ ވާގިފުޅާއެކު 5 ސެޕްޓެމްބަރ 2024 ވީ ހުކުރު ދުވަހު، ހުކުރު ނަމާދަށް އަލުން ހުޅުވައިލައިފައިވާ ކަމަށެވެ. އަދި މި ހިނގާ ސެޕްޓެންބަރ މަސް ނިމުމުގެ ކުރިން އާ ސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، އާސަހަރާ މިސްކިތް ކުރިއެކޭ އެއްގޮތަށް މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައް އާ ސަހަރާގައި ބޭއްވުމަށް އިންތިޒާމު ކުރެވިގެން ދާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ، މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާތައް ބޭއްވުމަށް ހުޅުމާލެއަށް މިހާރު ދާން ޖެހުމުގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ އުނދަޤޫތަކަށް، އާސަހަރާ މިސްކިތް ނުމުމާއެކު ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވައި ކަމަށެވެ. އާސަހަރާ މިސްކިތުގެ މަސައްކަތް މިހާތަނަށް ތިން ކުންފުންޏަކާއި ވަނީ ހަވާލު ކޮށްފައެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ޕީއެންޕީ ކުންފުންޏާއެވެ. އެއީ 4.9 މިލިއަން ރުފިޔާއަށެވެ. ތަފާތު ސަބަބުތަކާއި ހުރެ މަސައްކަތް ކުރިއަށް ނުދިޔުމުން ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏާއިއެކު ހެދި އެއްބަސްވުން އުވާލާފައެވެ. އެއްބަސްވުން އުވާލައި ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް 3.6 މިލިއަން ރުފިޔާ ދައްކާފައެވެ.

އެއަށްފަހު ސިޓީ ކައުންސިލުން އެ އެއިމާރާތް ފަރުމާ ކުރުމަށް ހަވާލުކޮށްފައި ވަނީ 4.6 މިލިއަން ރުފިޔާ އާއެކު ބީސިކްސް ކޮންސްޓްރަކްޝަންއާއި އެވެ. އަދި 2.7 މިލިއަން ރުފިޔާ އާއެކު އެ އިމާރާތުގެ ފިނިޝިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ހައިމާން ކުންފުނި އާއި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: