ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އެހީގެ ދަށުން ތިނަދޫ ސިޓީގައި ސާފިން ހަޓް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އެހީގެ ދަށުން ތިނަދޫ ސިޓީގައި ހުވަދޫ ރެކްރިއޭޝަންއިން ގާއިމްކުރި ސާފިން ހަޓް ހުޅުވައިފިއެވެ.

މި ޕްރޮޖެކްޓަކި 2023 ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި ”މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް“ ގްރާންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި ހަޓް ހުޅުވައި ދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާން އަދި ތިނަދޫގެ މޭޔަރ ސައުދު އަލީއެވެ.

މިނިސްޓްރީގެ ގްރާންޓްގެ ދަށުން މި ޕްރޮޖެކްޓްއަށް 245،000 ރުފިޔާގެ ފައިސާގެ އެހީ ވަނީ ދީފައެވެ. ޖަމްއިއްޔާގެ ފަރާތުން އެހެނިހެންގޮތުން ހޯދި އެހީއާއެކު ޕްރޮޖެކްޓައަށް 35،000 ރުފިޔާ ހަރަދުކުރިއިރު މި ޕްރޮޖެކްޓަށް ޖުމްލަ 280،000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ސާފިން ހަޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޝައްމާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ބާރުވެރިކުރުވުންކަން ފާހަގަކުރައްވާ ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފެދި އެމިނިސްޓްރީގެ ދަށުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ޒުވާނުންގެ ހުނަރާއި ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގެ އެކި ކަންކަމުގައި ފުޅާކުރުމުގެ މަސައްކަތް ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި ޒުވާނުންގެ މިނިސްޓަރ އިބްރާހިމް ވަހީދުގެ ސީދާގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ކަންކަން ރާވައި ހިންގަމުންދާއިރު ތިނަދޫގައި މިފަދަ ހަޓެއް އެޅުމުން ދައްކައިދެނީ ޒުވާނުން މުޖުތަމައުގެ ތަރައްގީގައި ބައިވެރިވާން ބޭނުންވާ މިންވަރު ކަމަށް ސްޓޭޓް ފާހަގަކުރެއްވިއެވެ.

ތިނަދޫގައި ހުޅުވި މި ހަޓާއެކު ތިނަދޫގެ ސާފިން ސަރަހައްދު އިތުރަށް ތަރައްގީކުރުމަށްޓަކައި ރަށުގެ ކައުންސިލާއި ގުޅިގެން ޒުވާނުން އިތުރަށް މަސައްކަތް ކުރުމަށް ސްޓޭޓް ޝައްމާން ބާރު އެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: