ހދ. ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނައިސްފިއެވެ.
ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން އެވެ. އުމުރުން 36 އަހަރުގެ އެ މީހާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 8:36 ހާއިރު އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލުން ބުނިއެވެ. މިއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، ފުލުހުން އިތުރު ތަފްސީލެއް ނުދެއްވައެވެ.
މުހައްމަދު ހަސަންގެ ހަށިގަނޑުން އެއްވެސް ކަހަލަ ނިޝާނެއް ނެތްކަމަށް ރިޕޯޓުކޮށްފައިވާއިރު، މިއީ ކިހިނެއް ދިމާވިކަމެއްކަމަށް އަދި ސާފެއް ނުވެއެވެ.
މިފަހަކަށް އަިއސް މިފަދަ ހާދިސަތައް ހިނގުން ގިނަވެފައިވާކަން ފާހަގަކުރެވެއެވެ.

