ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ބިދޭސީއަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ބުނާ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތަށް ބަންގްލާދޭޝް މީހެއް ކަމަށްވާ ޖަހަންގިރް އާލަމް، (45އ) ހައްޔަރުކޮށްފައި ވާއިރު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް އިތުރުކޮށް ދީފައެވެ.

ބަންދުގެ މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ސައިކަލްގެ މަޑިދަށުން 442،750ރ. ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި މިކަން ކުރި ކަމަށް ޖަހަންގިރް އިންކާރު ކޮށްފައި ވިނަމަވެސް އޭނާ އެކަން ކުރި ކަމަށް ކޮންމެވެސް ވަރަކަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ޖަހަންގިރާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ. މި މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެ އެވެ.

ވައްކަން ކުރުމުގެ މައްސަލަތަކާއި، މަގުމަތީގައި ގަވައިދާ ހިލާފަށް އުޅަނދު ދުއްވާ ފަރާތްތައް ފުލުހުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި ހާއްސަކޮށް ވައްކަން ކުރުމުގެ މައްސަލައިގައިވެސް އެތައް ބަޔަކު ދުވާލެއްގެ މައްޗަށް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. މީގެއިތުރުން މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް މަގުމަތީގައި އުޅަނދުތައް ދުއްވަނީ ގަވައިދުގެ ތެރެއިނތޯ ކަށަވަރު ކުރުމަށް ފުލުހުންގެ ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: