ހަންސަލް މެހްތާގެ ތަޙްޤީޤީ ތްރިލަރ ފިލްމުގައި ލަންޑަންގެ ފުލުހެއްގެ ގޮތުގައި ކަރީނާ ކަޕޫރު ކުޅެފައިވާ ރޯލަށް ވަރަށް ބޮޑަށް ތަޢުރީފު ލިބެމުންދިޔަ ނަމަވެސް، ބޮކްސް އޮފީހުން ލިބުނު ނަތީޖާ މި ތަޢުރީފާ އެއްވަރެއް ނުވެއެވެ.
ސަކްނިލްކް އިން ބުނާ ގޮތުގައި ފިލްމަށް ހޯމަ ދުވަހުގެ ޓެސްޓް ފާހެއް ނުވެއެވެ. އެދުވަހު ފިލްމަށް ލިބިފައިވަނީ ގާތްގަނޑަކަށް 75 ލައްކަ ރުޕީސްއެވެ.
ހޯމަ ދުވަހުގެ އާމްދަނީއަކީ އެންމެ މަތީ އާމްދަނީ ލިބުނު އާދީއްތަ ދުވަހުގެ 2.15 ކްރޯޑް ރުފިސްއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
އާދީއްތަ ދުވަހުގެ އާމްދަނީއަކީ ހޮނިހިރު ދުވަހު ލިބުނު 1.95 ކްރޯޑް ރުފިސްއަށްވުރެ އިތުރު އަދަދެކެވެ. އަދި އެއީ ފިލްމު ދައްކަން ފެށި ފުރަތަމަ ދުވަހު ލިބުނު 1.15 ކްރޯޑް ރުފިސްއަށްވުރެ އިތުރު އަދަދެކެވެ. މިހާރު އިންޑިއާގައި މި ފިލްމުގެ ޖުމްލަ ބޮކްސް އޮފީސް ކަލެކްޝަން އަންދާޒާކުރެވެނީ 6 ކްރޯޑް ރުފީސް (ނެޓް) ކަމަށެވެ.

