ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން ސިފައިންގެ އަދަދުތައް އިތުރުކުރަނީ!

ރަޝިއާގެ ރައީސް ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާގެ އަސްކަރިއްޔާގެ ސިފައިންގެ އަދަދުތައް 1.5 މިލިއަނަށް އިތުރުކުރުމަށް އެ ގައުމުގެ ރައީސް ވްލެޑިމިއަރ ޕުޓިން އަމުރުކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ރަޝިއާގެ ރައީސް ޕުޓިން އަމުރުކޮށްފައިވަނީ އެ ގައުމުގެ އަސްކަރިއްޔާއަށް 180،000 ސިފައިން އިތުރުކުރުމަށެވެ. އެހެންކަމުން ޖުމުލަ ސިފައިންގެ އަދަދުތައް 1.5 މިލިއަނަށް އަރައިގެންދާނެކަމަށާއި މި އަމުރު ނެރިފައިވަނީ ޔޫކްރެއިން ދެމެދު ކުރަމުންދާ ހަނގުރާމަ ދެ އަހަރަށްވުރެ އިތުރަށް ދިގު ދެމިފައިވަނިކޮށްކަމަށެވެ.

ރަޝިއާގެ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން އާންމުކޮށްފައިވާގޮތުން ޕުޓިންގެ އަމުރު ތަންފީޒުކުރަން ފަށާނީ ޑިސެމްބަރު 1 ވަަނަ ދުވަހުން ފެށިގެންނެވެ. އަދި މި ނިންމުމާއިއެކު ސިފައިންގެ އަދަދު 1.5 މިލިއަނަށް އަރާނެ އިރު އަސްކަރީ މުއައްޒަފުންގެ ޖުމުލަ 2.4 މިލިއަނަށް އަރާނެކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ. އެންމެ ފަހުން ރަޝިއާގެ އަސްކަރިއްޔާއަށް ސިފައިން އިތުރުކުރީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިކަމަށްވާއިރު އޭރު ޖުމުލަ އަދަދު ހުރީ 2.2 މިލިއަން މުއައްޒަފުންގައިކަމަށާއި އެންމެ ގާބިލު ސިފައިން މަސައްކަތްކުރަމުންދަނީ އިރުމަތީ ޔޫކްރެއިންގައިކަމަށް ބުނެފައިވެއެވެ.

ހާއްސަ އޮޕަރޭޝަނެއްގެ ގޮތުގައި ރަޝިއާއިން ބުނާ މި މަސައްކަތްތަކުގެ ތެރޭގައި 700،000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާކަމަށް ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕުޓިން ހާމަކުރެއްވިއެވެ. އެހެންނަމަވެސް ރިޒާވުގައި ތިބި މީހުން މަސައްކަތްތަކުގެ ތެރެއަށް ފޮނުވުމަށް ކޮންމެވެސް ވަރެއްގެ ފަސްޖެހުމެއް ހުރިކަމަށް ފެނިގެންދާކަމަށް މަސްރަހު ދިރާސާކުރާ ފަރަތްތަކުން ބުނާއިރު ސަބަބަކީ 2022 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ އެތައް ލައްކަ މީހުންނެއް ހަނގުރާމައަށް ދިއުމަށް ދެކޮޅު ހަދައި ގައުމު ދޫކޮށް ދިޔަ ގޮތަށް އަނެއްކާވެސް މީހުން ފިލައިގެން ދާން ފެށުމުގެ ފުރުސަތު އޮތުންކަމަށް ރިޕޯޓުތަކުގައިެވއެވެ.

ޔޫކްރެއިން އިން ރަޝިއާއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދިއުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީވެސް ރަޝިއާގެ ސިފައިން މަދުވުންކަމަށް ބެލެވޭކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އިރުމަތީ ސަރަހައްދުތަކުން ސިފައިން ފޮނުވައިގެން ޔޫކްރެއިންގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ރަޝިއާއިން އެކަން ކުރުމަށް އަޅާ ފިޔަވަޅަކީ އެހެނިހެން ސަރަހައްދުތަކުގެ ސިފައިން ފޮނުވުންކަމަށެވެ. އެހެންނަމަވެސް ދާދި ފަހުންވެސް ރަޝިއާއިންވަނީ ޔޫކްރެއިންގެ އިތުރު ބިންތަކެއް އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަން އިއުލާނުކޮށްފައިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: