ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއެއްގެ ދަފްތަރަށް ސައްހަނޫން ފޯމެއް ހުށަހެޅި މައްސަލައިގައި ފިންގަރ ޕްރިންޓު ހުރި މީހާއަށް ކުށް ސާބިތެއް ނުވި

އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްތަކެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން މީހެއްގެ ނަމުގައި ފޯމެއް ފުރައި، ސައްހަ ނޫން ފިންގަޕްރިންޓެއް ޖަހައިގެން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ދަފްރަތުގައި ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅި މައްސަލާގައި ދައުވާލިބުނު މީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

އެނގި ހުރެ ސައްހަ ނޫން ގޮތުގައި ލިޔެކިއުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް ހުށަހެޅި ޕާޓީގެ މެމްބަރަކަށްވުމަށް އެދޭ ފޯމުގައި މުހައްމަދު ރާގިބު އަހުމަދުގެ ނަމުގައި ސޮއިކޮށް ފިންގަރ ޕްރިންޓު ޖަހާފައިވާތީ އެވެ.

މި ދައުވާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ވަނީ މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި ނުވަތަ ނުރަނގަޅު އަމަލެއް ފޮރުވުމުގައި ނިޔަތުގައި ލިޔުމެއް އުފެއްދުން ނުވަތަ ފުރިހަމަ ކުރުމާއި ދޫކުރުމާއި ކަށަވަރުކޮށްދިނުން ނުވަތަ ނަކަލު ކުރުމަކީ ކުށެއްކަމަށެވެ. އެ މާއްދާގެ ދަށުން މީހެއްގެ އަމަލެއްކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ކުރާ ކަންތައް ބެލެވޭނީ އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.

އެހެންވެ މައްސަލައިގެ ޝަރީއަތުގައި ދައުވާ އުފުލާފައިވާ އަހުމަދު ޒަލީފްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލި ސަބަބުތައް ސާފުކޮށްދިނެވެ. އަދި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ވަކީލެއްގެ އެހީ ހޯދާފައި ނުވާ ޒަލީފް ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ޒަލީފް ބުނެފައި ވަނީ މިއީ ވަރަށް ބޮޑު އޮޅުމެއްގެ ތެރެއިން ހިނގިކަމެއްކަމަށާއި، ސައްހަ ނޫން ލިޔެކިއުމެއް އުފެއްދުމުގެ ނިޔަތުގައި އެއްވެސް ފޯމެއް ފުރާފައި ނުވާނެކަމަށެވެ.

ޝަރީއަތުގައި ހެކި ބަސް ދެމުން، ޒަލީފް ލިޔެކިއުން އުފެއްދި މީހާކަމަށް ބުނާ ރާގިބު ބުނެފައި ވަނީ އޭނާ ޒަލީފް ނުދަންނަކަމަށާއި، އަދި ސިޔާސީ ޕާޓީއަކަށް ވަނުމަށް ސޮއިވެސްކޮށްފައި ނުވާނެކަމަށެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ރާގިބުގެ ނަމުގައި ހުށަހަޅާފައިވާ ފޯމުގައި ޖަހާފައި ވަނީ ޒަލީފްގެ ފިންގަރ ޕްރިންޓުކަން ކަށަވަރު ކުރެވޭކަމަށެވެ. އެހެން ނަމަވެސް ޒަލީފް ބުނެފައި ވަނީ އޭނާ އެއްވެސް ފޯމެއްގައި ސޮއިކޮށް ފިންގަރ ޕްރިންޓު ނުޖަހާކަމަށެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސޮއިގެ ރިޕޯޓު ހިމެނޭ އެވެ. އެހެން ނަމަވެސް ތަހުލީލުތަކުން ދައްކާ ގޮތުން އެ ސޮޔާއި، އަސްލު ސޮއިގައި ތަފާތުތަކެއް ހުއްޓެވެ.

ކޯޓުގެ ނިންމުމުގައި ވަނީ ދައުވާ ލިބޭ މީހާ ކުށަށް އިންކާރު ކުރާއިރު، އެ ފޯމުގައިވާ އަތުލިއުމަކީ އެހެން މީހެއްގެ ލިއުންކަން ހެކިތަކުން އެނގޭކަމަށެވެ. އަދި ޕާޓީއަށް ވަނުމަށް ހުށަހަޅާ ފޯމެއްގައި ފުރިހަމަ ކުރަން ޖެހޭ އާންމު މައުލޫމާތު ކޮންމެ މީހަކަށް ވެސް ލިޔުމުގެ ފުރުސަތު އޮންނައިރު އެ ފޯމުގައި ދައުވާ ލިބޭ މީހާގެ ފިންގަރ ޕްރިންޓު އޮތް ނަމަވެސް އެހެން މީހެއްގެ ނަމުގައި ފޯމު ފުރީ ކާކުކަން އެނގޭނެ ހެއްކެއް ނެތްކަމަށެވެ.

އެހެންވެ ކޯޓުން ހުކުމް ކުރީ މައްސަލައިގައި ކުރާ ދައުވާތައް ސާބިތު ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަސްލު މައްސަލަ ޖެހުނީ އެހެން މީހެއްގެ އަަތު ލިޔުމުން ފޯމެއް ފުރީމަތޯ ނުވަތަ އެހެން މީހެއްގެ ފިންގަރ ޕްރިންޓް ޖެހީމަތޯ؟ ފޯމެއް ފުރުމަކީ ކޮމްޕިއުޓަރުންވެސް ކުރެވޭ ކަމެއް. އަތުން ލިޔުނު މީހާ އާއި ފިންގަރ ޕްރިންޓް ޖެހި މީހާ ދިމާނުވުމަކީ މި މައްސަލައިގަ ކުއް ސާބިތުވާން އެއްވެސް މުހިންމު ކަމެއް ނޫން. މިއީ ރާއްޖޭގެ ޝަރުއީ ނިޒާމުން ކުއްވެރިން މިނިވަން ކުރާ ގޮތް. އަޖައިބު ވެދާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: