ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒޯން ބަދަލުކުރަންޖެހޭ ވެހިކަލްތަކުގައި ސްޓިކާޖަހައި، ޕާކިން ޒޯނަށް ގެންދަން މުއްދަތެއް ދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައަޅައި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފިއެވެ.

ފުލުހުން ބުނީ އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެގޮތުން މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެއުޅަނދުތަކުގައި ސްޓިކަރ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފައެވެ.

ގަވާއިދާއި ހިލާފަށް ހުރި އުޅަނދުތައް ބެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަށް ދެނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. އެމުއްދަތުގެ ތެރޭގައި އުޅަނދުތައް ގަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު އެ ބިމުގައި އުޅަނދުތައް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލިއިރު އެފަދަ އުޅަނދުތައް އެ ބިމުގައި ބަހައްޓަނީ އެއްވެސް އަގަކާއި ނުލައެވެ. ފުލުހުން ބުނެފައިވަނީ ވަނީ ފުރަތަމަ 40 ދުވަހުގެ ތެރޭ އެތަނަށް ނުގެންދާ އުޅަނދުތައް ޓޯ ކުރާނެ ކަމަށެވެ.

ހަމައެކަނި ހުޅުމާލޭގައިވެސް ގަވާއިދާ ހިލާފަށް ރެޖިސްޓްރީނުކޮށް ނުވަތަ އެހެން ޒޯނެއްގައި ރެޖިސްޓްރީކޮށްފައިވާ 500 އަށް ވުރެ ގިނަ އުޅަނދު ޕާކްކޮށްފައި އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ސަރުކާރުން ބިން ދެއްކި ނަމަވެސް އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަން ފުލުހުން ފާހަގަކުރައްވައެވެ.

ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް ރެޖިސްޓްރީ ކުރުމުގެ ކުރިން ޕާކްކޮށްފައި ބާއްވާނެ ޖާގައެއް ސަރުކާރުން ހުޅުމާލޭ ހަދާފައިވާއިރު ހަތަރުފުރޮޅުލީ އެހެން އުޅަނދުތައް ޕާކް ކުރުމަށް ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ފްލެޓް ކުރިމަތިން ވަނީ ހުސް ބިމެއް ދީފައެވެ. މިއީވެސް މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފޯރުކޮށްދެއްވާފައިވާ ބިމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: