ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވައިލައިފި

ޕޮކެޓް ޕާކިން ޒޯން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދަން ގާއިމްކޮށްފައިވާ ޕާކިންގް ޒޯން ކުއްޔަށް ދޫކުރަން ހުޅުވައިލައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދަން ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން އެޗްޑީސީއިިން 17 ސެޕްޓެންބަރ 2024 ގައި ވަނީ ހުޅުވައިލައިފަ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 8 ޒޯނަކުން 1،374 ޕާކިން ޖާގައަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ. މި ޒޯންތަކުން ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް ޖާގަ ކުއްޔަށް ދޫކުރުމަށް ނިންމައިފައިވަނީ އެއް އަހަރު ދުވަހަށެވެ.

ޕާކިން ޖާގަތަށް ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބު އެޗްޑީސީއިން ވަނީ ބުނެފައެވެ. އެގޮތުން، އެންމެ ފުރަތަމަ އިސްކަންދޭނީ ހުޅުމާލެއަށް ރެޖިސްޓްރީކޮށްފައިވާ ވެހިކަލްތައް ކަމަށް އެޗްޑީސީ ވަނީ ބުނެފައެވެ. އެއަށްފަހު މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޖާގަ ދޫކުރުމަށް ނިންމައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

18 އަހަރުން މަތީ ކޮންމެ ދިވެއްސަކަށްވެސް ޝަރުތުހަމަވާނަމަ ކުރިމަތި ލެވޭނެއެވެ. މިގޮތުން ޝަރުތުތަކުގެ ތެރޭގައި، ޕާކިންޖާގައަށް ކުރިމަތިލާ ފަރާތުގެ ނަމުގައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލްއެއް އޮންނަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް އެއް އަހަރަށް ދޫކުރާ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. އެވެ.

ޕާކިން ޒޯނުތަކުން ޕާކު ކުރާނެ ޖާގަ ކުއްޔަށްހިފުމަށް އެދި 17 ސެޕްޓެންބަރ 2024 ވާ ( އަންގާރ ) 1 އޮކްޓޯބަރ 2024 ( އަންގާރ ) ދުވަހު 9:00 އިން 14:00 އަށް ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައި އެވެ. މިކަމާއި ގުޅޭ އިތުރު މައުލުމާތު ސާފުކުރެއްވުމަށް އެ ކޯޕަރޭޝަނުގެ ނަންބަރ 1516 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: